މި އަހަރުގެ ފެބްރުއަރީ މަހުގެ ސާވިސް ޗާޖްގެ ގޮތުގައި ހަތަރު ރިސޯޓަކުން 30،000ރ (2،000 ޑޮލަރު) އަށްވުރެ މަތިން މުވައްޒަފުންނަށް ދީފިއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ސާވިސް ޗާޖްތައް އާއްމު ކުރަމުންދާ ގްރޫޕަކުން ހިއްސާ ކުރި މައުލޫމަތަށް ބަލާއިރު، 45 ރިސޯޓެއްގައި މި އަހަރުގެ ފެބުރުއަރީ މަހު ސާވިސް ދީފައިވާ ކަމާއި، އަދަދުތައް ހިއްސާ ކޮށްފައި ވެއެވެ.

އެގޮތުން އެންމެ ބޮޑު އަދަދަކުން ސާވިސް ޗާޖް ދީފައި ވަނީ ހަތަރު ރިސޯޓަކުންނެވެ. އެއީ

  • - ވެލާ ޕްރައިވެޓް ލިމިޓެޑް: 2،431.67 ޑޮލަރު
  • - ދަ ރިޓްޒް-ކަލްޓަން: 2،407.83 ޑޮލަރު
  • - ޝެވަލް ބެލޭންކް ރަންދެލި: 2،243.53 ޑޮލަރު
  • - ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް: 2،005.67 ޑޮލަރު
  • އެ 45 ރިސޯޓްގެ ތެރެއިން އެންމެ ދަށް އަދަދުތަކުން ސާވިސް ޗާޖް ދީފައިވާ ހަތަރު ރިސޯޓަކީ
  • - ސަންސިޔާމް ވިލު ރީފް: 506.63 ޑޮލަރު
  • - ރެޒިޑެންޓް މޯލްޑިވްސް ފަޅުމާ: 538.03 ޑޮލަރު
  • - އިންޓާ ކޮންޓިނެންޓަލް މާމުނަގައު: 589.00 ޑޮލަރު
  • - ސަން ސިޔާމް އިރުވެލި: 653.37 ޑޮލަރު

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 އިންސައްތަ ނަގަން ފަތުރުވެރިކަމާ ބެހޭ ގާނޫނުގައި ވަނީ ބުނެފައެވެ.

ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެން

    މި ސަން ސިޔާމަށް ވޯޓު ދޭނީ މޮޔައެއް ނުން.

    28
  2. ށުކޫރް

    ދިވެހިރައްޔިތުނައް ހައްގު ހޯދަދޭން ވަކާލާތު ކުރާމީހުންގެ ހާލަތު ސޯލިހުއައް ހައްގު ހޯދަދީ ކަޅުދަބަހުން ތިކޯލިށަންހަދާ ދެންޔޫޓިބްގަ.އިންވީޑިއޯ އަޑުއަހާލީމަ ދެކޮޅައްކެނޑިފަފާޑަކައް ސަންދޮސް ހޮޑައް އައްނަނީ ނުކިޔަވާތިބި ލީޑަރުންގެކޯލިށަނައް ސަލާމްބުނާނެ ރައްޔިތުން މިފަހަރު

  3. ބުއްޅަބެ

    އެންމެ މަދުން ދޭ ރިޒޯޓް ތަކުގެ ނަންވެސް ޖަހާލަބަލަ. މުވައްޒަފުންގެ ސާވިސްޗާޖް ކޮޅު ދިރުވާލާ ރިޒޯޓް ތައް

  4. ގަނެފަ

    ޓޫރިސްޓޫން ކިތަންމެ ގިނަވިޔަސް ގިނަ މުއައްޒަފުންގެ ހާލަތަށް އަންނާނެ ހަމައެކަނި ބަދަލަކީ މަސައްކަތް ބޮޑުވުން. މުސާރަ ބަދަލެއް ނުވާނެ. ގިނަ ރިޒޯޓުގެ ސަރވިސް ޗާޖް ދޭ މިިންވަރު ގިނައެއް ނުވާނެ. ދެން ކޮން އަދަދު ތަކެއް ގޮވާކަށް؟