މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ކަމަށް ރިސޯޓު ވޯކާސް މޯލްޑިވްސްއިން ބުނެފިއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި ވަނީ ރާއްޖޭގެ 21 ރިސޯޓަކުން ޑިސެމްބަރު މަހުގައި މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖްގެ ތަފާސްހިސާބުތަށް އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ހަތް ރިސޯޓަކުން ވަނީ މުވައްޒަފުންނަށް 1000 ޑޮލަރަށް ވުރެ ގިނައިން ސާވިސް ޗާޖު ދީފައެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ މުވައްޒަފުންނަށް 1645.23 ޑޮލަރު ދީފައެވެ.

މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވާ ރިސޯޓްތަކަކީ:

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު - 1645.23 ޑޮލަރު
ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓު - 1599.61 ޑޮލަރު
ޝަވަލް ބްލޯންކް ރަންދެލި ރިސޯޓު - 1582.28 ޑޮލަރު
ސެންޓް ރެޖިސް ވޮމުލި ރިސޯޓް - 1190.26 ޑޮލަރު
ވަން އެންޑް އޮންލީ ރީތިރަށް އައިލެންޑް ރިސޯޓު - 1176 ޑޮލަރު
ވަކަރު މޯލްޑިވްސް ރިސޯޓު - 1163 ޑޮލަރު
ހުރަވަޅި އެންޑް ކުޑަދޫ ރިސޯޓް - 1038.98 ޑޮލަރު

މިދިޔަ ނޮވެމްބަރު މަހު އެންމެ ބޮޑު ސާވިސްޗާޖެއް ދިން ރިސޯޓެއްގެ ގޮތުގައި އޮތީ ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓެވެ. އެއީ 1720.42 ޑޮލަރެވެ.

ޑިސެމްބަރު މަހަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ މަހެކެވެ. މިދިޔަ މަސް ނިމުނުއިރު، 1,675,299 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    އަބަދުވެސް އެންމެ ބޮޑު ސާވިސް ޗާޖްދެނީ ބުރުމާގެ ރިސޯޓްތަކުން. މީހުންނައް ނޫފުއްލޭވަރުގެ އެއްޗެއްދޭ. ބޮޑުކަމުން.

  2. ރަބަތު

    ވިލާ އާއި 3އޭ ރިސޯޓް ތަކުން ދިން ވަރެއް ބަލައިލަބަލަ