މި ހިނގާ ޖެނުއަރީ މަހުގެ ސާވިސް ޗާޖްގެ ގޮތުގައި ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް 4508.74 ޑޮލަރު (69513.36ރ.) ލިބިއްޖެ އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި ވަނީ ރާއްޖޭގެ ބައެއް ރިސޯޓަކުން މި މަހުގައި މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖްގެ ތަފާސްހިސާބުތަށް އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ހަ ރިސޯޓަކުން ވަނީ މުވައްޒަފުންނަށް 1،000 ޑޮލަރަށް ވުރެ ބޮޑެތި އަދަދަކުތަކުން ސާވިސް ޗާޖު ދީފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ސާވިސް ޗާޖު ދީފައިވަނީ ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ މުވައްޒަފުންނަށް 4508.74 ޑޮލަރު ދީފައެވެ.

ސާވިސް ޗާޖް އާންމުކޮށްފައިވާ ދެން ހުރި ރިސޯޓްތަކަކީ:

  • މިލައިދޫ މޯލްޑިވްސް - 1319.14 ޑޮލަރު
  • ނިޔަމަ ޕްރައިވެޓް - 1330.10 ޑޮލަރު
  • އަންގަސާނަ ވެލާވަރު - 1240.47 ޑޮލަރު
  • ޖޯލި މޯލްޑިވްސް - 3017 ޑޮލަރު
  • ޝަވަލް ބްލޯންކް ރަންދެލި ރިސޯޓު - 3540.31 ޑޮލަރު

މިދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ. އެ މަހު އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1645.23 ޑޮލަރު ދީފަ އެވެ. މި މަހު އެ ރިސޯޓުން ދިން އަދަދު އަދި އާންމުކޮށްފައެއް ނުވެ އެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް 122،186 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ދިވެހީން އުޅޭ ވަރާ ބިދޭސީން އުޅޭ ވަރު ހާމަ ކޮށްލަ ބަލާށެވެ. ބިދޭސީން 5 ހާސް ޑޮލަރު ދީފަ ވަޒީފާ ގަންނަނީއެވެ. ސެޓްފިކެޓް އަދި ތަޖުރިބާ ނެތަސް ވަޒީފާ ލިބެ އެވެ. ބަލާނެ ބަޔަކު ނެތެވެ. ކޮންމެ ރިސޯޓެއްގަ ގާނޫނު ބުނާ ވަރަށް ވުރެ ބިދޭސީން ގިނަ އެވެ.

    20
    1
  2. ލަކީ

    ޙެހެ. ޢެއީ ހަމަ ރަންގަޅު ވާހަކައެއް ސާވިސްޗާޖް ބޮޑުވީމަ ރަންގަޅީ ބޭރުމީހުންނަށް ދިވެހިންނަކަށް ނެއް އެއްވެސް ފައިދާއެއް ދިވެހިން ނުތިބޭނެ ވަޒީފާގަ ހުސްބޭރުމީހުން