ރިއަލް އެސްޓޭޓްގެ ދާއިރާއިން ރާއްޖޭގައި ހަމައެކަނި ބާއްވާ އެކްސްޕޯ "މޯލްޑިވްސް ލިިވިންގް އެކްސްޕޯ 2021"ގައި 30 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިިވެރިވާނެ ކަަމަށް ހައިރައިޒުން ބުނެފިއެވެ.

އެކްސްޕޯ އޮންނާނީ މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މި އެކްސްޕޯ ބާއްވާ ނުވަ ވަނަ ފަހަރެެވެ.

ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މަރިޔަމް މާއިޝާ މިރޭ ވިދާޅުވީ، މާދަމާ ހަވީރު މި އެކްސްޕޯ ފަށާއިރު، މިފަހަރު 30 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ކުންފުނިތައް ހިމެނޭކަން މާއިޝާ ފާހަގަކުރެއްވިއެވެ.

މާއިޝާ ވިދާޅުވީ، މިއީ ރާއްޖޭގައި ބާއްވާ ހަމައެކަނި ހޯމް އެންޑް ލިވިންގް އެެކްސްޕޯ ކަމަށެވެ.

"މި އިވެންޓްގެ މައިގަނޑުގެ މަގްސަދަކީ އެއްތަނަކަށް އެންމެން އެއްްވެ، އާއްމު ރައްޔިތުންނައި، ވިޔަފާރިތަކުން، ގޯތިގެދޮރާއި ގުޅޭ މައުލޫމާތާއި، އެހެނިހެން ސާވިސްތަކާއި، ހާއްސަ ލަކީ ޑްރޯ، އާ ޕްރޮޖެކްޓްތަކުގެ ވާހަކަތައް ދެއްކުން". މާއި ވިދާޅުވިއެވެ.

ލިވިންގް އެކްސްޕޯއަކީ އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްދޭ މެދުވެރިއަކަށެވެ.

މި އެކްސްޕޯގައި ކޮންމެ އަހަރަކު ވެސް ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި، އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެންނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދެއެވެ.

ލިވިންގް އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކީ މޯހަން މުތާއެވެ.ގޯލްޑް ޕާޓްނަރަކީ ސެންޑަލް މައުރީޝަސްއެވެ. ސަޕޯޓިންގް ޕާޓްނަރުންގެ ގޮތުގައި ހައުސިންގް މިނިސްޓްރީ އާއި އެޗްޑީސީ އާއި މެޑްޓެކްގެ އިތުރުން އެޕިކް ޝެލްޓާ ބައި ލަކްޒީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައސ

    އިންޑިއާއަށް ރާއްޖޭގެ ބިންތައް ވިއްކާލުން.

    • ޢަހޫ

      މިފެންނަނީ ވަގުންގެ ބަނޑައް ވައިއަރާފައިވާ ވަރު.