ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ އުފެއްދުންތަކަށް ހާއްސަ ވިލާ ހިކަތައިން ލިވިންގް އެކްސްޕޯ ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު ފެށި ލިވިންގް އެކްސްޕޯގައި ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކްގައި ލިވިންގް އެކްސްޕޯ ކުރިއަށްދާއިރު، މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމްތައްވެސް ލިބިގެންދާނެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

މި އެކްސްޕޯގައި 35 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ވިލާ ހަކަތަ ހިމެނެއެވެ. ވިލާ ހަކަތައިގެ ސްޓޯލްގައި އެ ކުންފުނީގެ ތަކެތި ބޭނުންކޮށްގެން ހިންގާފައިިވާ ބޮޑެތި ޕްރޮޖެކްޓްތަކާއި، އެ ކުންފުނީގެ ގޭސް، ހިލަ، ހިލަވެލި، ދަނގަޑު، ސިމެންތި އަދި ޓީނު ފަދަ ތަކެތި ޑިސްޕްލޭކޮށްފައި ވެއެވެ.

ލިވިންގް އެކްސްޕޯގެ ވިލާ ހަކަތަ ސްޓޯލް - ވަގުތު އިމޭޖްސް

"ވަގުތު"އާ ވާހަކަދައްކަމުން ވިލާ ހަކައިތެ ސޭލްސް މެނޭޖަރ ބާސިލް ނަފީސް ވިދާޅުވީ، ލިވިންގް އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުގައި އެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައިި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޑިސްކައުންޓް ވައުޗާއެއް ލިބިގެންދާނެ ކަމަށެވެ.

"ވިލާ ހަކައިގެ ދަށުން ހިންގަމުން އަންނަ ޕްރޮޑަކްޓަކްޓަކުގެ ޕޯޓްފޯލިއޯގައި ހިމެނޭ ސެލެކްޓެކްޓް އައިޓަމްތަކެއް ހިމެނެނީ، އެ ފަރާތަށް ލިބޭނެ 1000 ރުފިޔާގެ ޑިސްކައުންޓް ވައުޗާއެއް".ބާސިލް ވިދާޅުވިއެވެ.

ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރ ބާސިލް މައުލޫމާތު ދެނީ - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ވިލާ ހަކަތަ މަޝްހޫރުތަ؟

ވިލާ ހަކަތަ މިއީ މަޝްހޫރު ކުންފުންޏެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގެ މަޝްހޫރު އެތައް ޕްރޮޖެކްޓްތަކެއްގައި ވިލާ ހަކައިގެ އުފައްދުންތައް ބޭނުންކޮށްފައި ހުރުމެވެ. އެގޮތުން ފާހަގަކޮށްލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ޕްރޮޖެކްޓާއި ސިނަމާލެ ބްރިޖްގެ މަސައްކަތެވެ.

ބާސިލް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓްތަކަށް ވިލާ ހަކަތައިގެ ސިމެންތި ބޭނުންކޮށްފައިވާ ކަމަށެވެ.

"އެގޮތުން ސިނަމާލެ ބްރިޖަށް ވިލާ ސިމެންތީގެ ފަރާތުން 95% ސަޕްލައި ކުރި، ހަމަ އެގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ. އެއާޕޯޓްގެ ކާގޯ ޓާމިނަލް، ސީޕްލޭން ޓާމިނަލް އަކީ 100% ވިލާ ސިމެންތި ތައްޔާރުކޮށްފައި އޮތް ފެސިލިޓީއަށް"

އަދި މިހާރު ކުރަމުންދާ އެންމެ ބޮޑު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް މަސައްކަތަށްވެސް ވިލާ ސިމެންތި ދަނީ ސަޕްލައި ކުރަމުންނެވެ.

"ވޭތުވެދިޔަ ދުވަސް ދުވަހު، އެންމެ ބޮޑު ސަކްސެސްއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ އަޅުގަނޑުމެންގެ ކަސްޓަމަރުން، އަޅުގަނޑުމެން ދޭ ކޮލެޓީ އެސުއަރެންސް، އެ ކޮލެޓީއަށް ދީފައި އިންނަ، އޭތި ބޭނުންކޮށްގެން، ކޮންސްޓްރަކްޝަން ރޭންޖްގެ ބާކީ ހުރި އެއްޗެހި".

އެގޮތުން ވިލާ އެގްރިގޭޓް، ވިލާ ކޯރްސް ސޭންޑް، ވިލާ ފައިންސޭންޑް މިނި މިދިޔަ އަހަރު މާކެޓަށް ނެރުނެވެ. މީގެ އިތުރުން މިހާރު ދަނީ ކޮލެޓީ އެނބުރި ދަނގަޑު މާކެޓަސް ނެރުމުގެ މަސައްކަތް ކަމަށް ބާސިލް ވިދާޅުވިއެވެ.

އަނެއްކާވެސް ވުޖޫދަށް އައީ ވިލާ މަގު ފުޅާ ޓިނު!

ބާސިލް ވިދާޅުވީ، މިހާރު ވިލާ މަގުފުޅާ ޓިނު ބާޒާރަށް އަނެއްކާވެސް ނެރެފައިވާ ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ މާކެޓްްގައި އެންމެ ނަން ހިނގާ އެެއް އުފެއްދުމެވެ. ބާސިލް ވިދާޅުވީ، މަގު ފުޅާ ޓިނު ފެކްޓްރީގެ މަސައްކަތް މި އަހަރު އަލުން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ހަ ކުލަޔަކުން ޓީނު ނެރެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ކަލާ ރޭންޖް 10އަށް ނަގައި ދުނިޔޭގެ މާކެޓްގައި ލިބޭ ހުރިހާ ކުލަތަކަެއް ކަސްޓަމަރުންނަށް ގެނެސް ދިނުން ކަމަށް ބާސިލް ވިދާޅުވިއެވެ.

"އެ ރޫފިންގްއަކީ ކަސްޓަމަރަކު ބޭނުންވާ ސައިޒަކަށް ބޭނުންވާ ދިގުމިނަކަށް ބޭނުންވާ އުސްމިނަކަށް ތައްޔާރުކޮށްލެވޭނެ އެއްޗެއް، އެ ކަސްޓަމަރަކު ބޭނުން ވާ ގޮތަށް". އަދި ރޫފިންގއަށް ބޭނުންވާ ހުރިހާ އެއްޗެއް އެއް ފެކްޓްރީއަކުން އެއް ކުލައެއްގައި ލިބޭނެކަން ހާމަކުރަމުން ބާސިލް ވިދާޅުވިއެވެ.