ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ ލިވިންގް އެކްސްޕޯ މިއަދާއި، މާދަމާވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި މަދުކެނޑުމެއް ނެތި ބާއްވާ އެންމެ ކާމިޔާބު އެކްސްޕޯގެ ގޮތުގައި ފާހަގަކޮށްލެވޭ ލިވިންގް އެކްސްޕޯ ފެށީ އިއްޔެ ހަވީރުއެވެ. މި އެކްސްޕޯއަށް ގިނަ އަދަދެއްގެ ބަޔަކު އިއްޔެ އެކަނިވެސް ޒިޔާރަތްކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ލިވިންގް އެކްސްޕޯގެ ތެރެއިން -ވަގުތު އިމޭޖްސް: އަޝްހާރު އަބްުދުﷲ

ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދާއި މާދަމާވެސް ހަވީރު 4:00 އިން 10:00 އަށް މި އެކްސްޕޯ ކުރިއަށް ދާނެއެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯގައި 35 ކުންފުނިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތައް ހިމެނެއެވެ.

ލިވިންގް އެކްސްޕޯގެ ތެރެއިން -ވަގުތު އިމޭޖްސް: އަޝްހާރު އަބްުދުﷲ

މި އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކީ މޯހަން މުތާއެވެ. ގޯލްޑް ޕާޓްނަރަކީ ސެންޑަލް މައުރިޝަސްއެވެ. ސަޕޯޓިންގް ޕާޓްނަރުންގެ ތެރޭގައި ޕްލޭނިންގް މިނިސްޓްރީ އާއި އެޗްޑީސީ އާއި މެޑްޓެކްގެ އިތުރުބް އެޕިކް ޝެލްޓާ ބައި ލަކްސްއެވެ. މި އެކްސްޕޯގައި އެސްޓިއޯ، ވިލާ ހަކަތަ، ފަދަ ކުންފުނިތައްވެސް ވަނީ ބައިވެރިވެފައެވެ.

މިއިން ކޮންމެ ކުންފުންޏެއްގެ ސްޓޯލުންވެސް އެތައް މައުލޫމާތެއް ލިބޭއިރު، ސްޓޯލްތަކަށް ޒިޔާރަތްކޮށްގެން ޑިސްކައުންޓާއި، އަގުހުރި އިނާމްތައްވެސް ލިބޭނެއެވެ.

ލިވިންގް އެކްސްޕޯގެ ތެރެއިން -ވަގުތު އިމޭޖްސް: އަޝްހާރު އަބްުދުﷲ

ލިވިންގް އެކްސްޕޯއަކީ އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ އެކްސްޕޯއަކަށް ވާނެ ކަމަށް ހައިރައިޒުން މައުލޫމާތު ދެއެވެ.