ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުހިންމު ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއްގެ ތެރެއިން އެ ބޭންކްގެ އެޕްލިކޭޝަނާއި އެ ނޫންވެސް ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

އެ ބޭންކްގެ އަޕްގްރޭޑްގެ މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ހިދުމަތްތަކަށްވެސް ބުރޫއެރިއެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ އެޕްލިކޭޝަންވެސް ހިމެނެއެވެ.

އިއްޔެ މެންދުރު ހިދުމަތް މެދުކެނޑުމާއެކު އިންޓަނެޓް ބޭންކިން އެޕްލިކޭޝަނުން ބަލާއިރު އެކައުންޓުގައި އެއްވެސް ފައިސާއެއް ހުރި ކަމަކަށް ނުދައްކައެެވެ.

ނަމަވެސް މިހާރު އެ މައްސަލަ ބޭންކުން ވަނީ ހައްލުކޮށްގައެވެ. އަދި އެކައުންޓް ބެލެންސް ރަނގަޅަށް މިހާރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު