ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ފުރުޞަތު ދެއްވައިފިނަމަ، މ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާ މުލީގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މުލީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ނިންމަވައިދެއްވުމަށް މުލީގައި މިއަދު ހަވީރު ވޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، މުލީގެ ރައްޔިތުން އިންތިޒާރު ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ދިމާލަކަށް އެއާޕޯޓް ދާތީވެ، އެއާޕޯޓެއްގެ އިންތިޒާރުކަންވެސް ޤަބޫލުކުރައްވާ ކަމަށާއި، އެ އުއްމީދު ހަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ދެއްވައިފިނަމަ އެކަން ކޮށްދެއްވާނެ ކަމަށެވެ.

"މުލީގެ (ރައްޔިތުންގެ) އަތްމަތީގައި އޮތީ މުލީގެ އެއާޕޯޓް އަޅުއްވާނީ ރައީސް ޔާމީން ލައްވާތޯ؟ މުލީގެ ރައްޔިތުން އެކަމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވައިފިނަމަ، މާތް ﷲ ގެ ރަހުމަތުން އެކަންވެސް ވާނެ. މުލީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މުލީގެ ރައްޔިތުންގެ އުއްމީދުތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަޤީގަތަކަށް ހަދައިދޭނަމޭ." ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އެކި ދިމަދިމާލުގައި މި ސަރުކާރުގައި އެއާޕޯޓުތައް އެޅެމުން އެބަ ގެންދަވާ ކަމަށާއި، އެއީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، އަދި މިއީ ފަތުރުވެރިކަމުގެ މަންފާ އެންމެހާ ދިވެހިންނަށް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށެވެ.

"އެއާޕޯޓް އެޅުމަކީ އަޅުގަނޑުމެންގެ އަމާޒުގައި އޮތް ކަމެއް، ބައިނަލްއަޤްވާމީ އެއާޕޯޓް ބޮޑުވެގެންގޮސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިޔައީމަ، އޭގެ މަންފާ މުޅި ރާއްޖެއަށް އާއްމުކުރަން ބޭނުން" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެގޮތުން "ޤާބިލު" ކިޔާ މަޝްރޫއެއްގެ ދަށުން ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުދުންތެރި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވުމަށް އަދި އެ ފުރުޞަތު ލިބެންދެން ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި އެ ފަރާތްތަކަށް ދޭ އިނާޔަތް 5000ރ އަށް އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ ރަށްވެހިންނަށް މިހާރު ދެމުން އަންނަ 5000ރ ގެ އިނާޔަތްވެސް ބޮޑުކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނަށް ފަރުވާދޭ ހާއްޞަ ޒަމާނީ ފެންވަރުގެ ޤައުމީ ހޮސްޕިޓަލެއް ޤާއިމު ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދިއްޤަރަށާއި، މުލަކަށް އަދި މުއްޔަށް މިއަދު ވަޑައިގެންނެވިއިރު، މާދަމާ ކޮޅުފުއްޓަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައި، ރަނިންމޭޓެއްގެ ގޮތުގައި ކުޅަދާނަ ސަހްސިއްޔަތެއް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަނޑައަޅުއްވާފައެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙުސައިން މ. މުލި

  ނުބުނުއްވާ އެއަރޕޯޓެއް އަޅާވާހަކައެއް

 2. ހާޖީ

  ކިހިނެއްތިވީ ، ޕާޓީ ބޮޑުންތަށް ގޮވަމުންނެއްނުން އެދަނީ އިންތިހާބު 62 ޕަސެންޓުން ކާމިޔާބުކުރާނަމޭ އެކަމަކު މަނިކުފާނު ތިޔަކިއުއްވަނީ އެހެންކަހަލަ ވާހަކައެއް ، މީގެންވެސް އިގޭއެއްޗަކީ މަނިކުފާނުވެސް ޕާޓިގެވެރިނަށް އިތުބާރު ނުކުރާކަން

 3. ނަދާ

  ސާބަސް ސަރ

 4. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ މާގެށޭ ދަ ކަސްބިއަނޭ ދަ ވޯޓް ވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 5. މާޅުވެލި

  މީގެ ކުރިން މުއްޔަށް ކުރެއްވި ދަތުުރުފުޅުގައި ވިދާޅުވިކަމަށްވަނީ ދެންމުއްޔަށް ވަޑައިގަންނަވާނީ (ފައިބާނީ) މުލީ އެއަރޕޯޓަށް ކަމަށް، އެހެންވެ އެކަންނުވެއުޅެނިކޮށް 2 ވަނަ ފަހަރަށް އައުމުން މުލީ ރައްޔަތުން މަރުޚަބާކީ (ރަންވޭއަކަށް ބޯޓްޖައްސާމަންޒަރު ދައްކުވައިދޭ) ގިޑިގެއެއް ބޭނުންކޮށްގެން. ޔާމީން 2018 ޝުކުރިައްޔާ ޔާމީން

 6. އެއަރޕޯޓް ދޮންބެ

  ކޮންމެ ދެމަފިރިޔަކަށްވެސް އެއަރޕޯޓެއް އަޅައިދޭނަށް 2019ގެ ކުރިން