މިދިޔަ އަހަރު 1.32 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، އެންމެ ގިނަ އަދަދަކަށް ރާއްޖެ އައީ އިންޑިއާ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމު ކުރި ހިސާބުތައް ދައްކާގޮތުން ނިމިގެން ދިޔަ 2021 ވަނަ އަހަރު ރާއްޖެ އައީ 1،32،932 ފަތުރުވެރިންނެވެ. މިއީ 2020 ވަނަ އަހަރު ރާއްޖެ ފަތުރުވެރިންގެ ދެ ގުނައެވެ. އެ އަހަރު ރާއްޖެ އައީ 555،494 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު އައީ 1.7 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ ޑިސެމްބަރު މަހުއެވެ. 164،279 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއް ދުވަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މި މަހުއެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެކަނި ވެސް 7،089 ފަތުރުވެރިން ރާއްޖެ އައިއިރު، މިއީ ރިކޯޑެކެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރި ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ އިން އައީ ރަޝިއާ އިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައީ ޖަރުމަނެވެ. ހަތަރު ވަނަ އިނގިރޭސި ވިލާތަށް ލިބޭ އިރު، ފަސް ވަނަ ލިބެނީ އެމެރިކާއަށެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު:

  • އިންޑިއާ (ޖުމްލަ ފަތުރުވެރިންގެ %22.1)
  • ރަޝިއާ (ޖުމްލަ ފަތުރުވެރިންގެ %16.8)
  • ޖަރުމަން (ޖުމްލަ ފަތުރުވެރިންގެ %7.2)
  • ޔޫކޭ (ޖުމްލަ ފަތުރުވެރިންގެ %4.7)
  • އެމެރިކާ (ޖުމްލަ ފަތުރުވެރިންގެ %4.2)

ފަތުރުވެރިންގެ އަދަދު ނަންބަރުތަކުން:

  • އިންޑިއާ (290،920 ފަތުރުވެރިން)
  • ރަޝިއާ (220،213 ފަތުރުވެރިން)
  • ޖަރުމަނު (94،784 ފަތުރުވެރިން)
  • އިނގިރޭސި ވިލާތް (62،188 ފަތުރުވެރިން)
  • އެމެރިކާ (55،565 ފަތުރުވެރިން)

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީ ހިމެނޭ ގޮތަށް 57،000 އެނދު އެބަހުއްޓެވެ. އޭގެ ތެރެއިން 53،000 އެނދު ހުރީ އޮޕަރޭޝަންގައި ހުރި އިރު، ރާއްޖޭގައި 167 ރިސޯޓު އަންނަނީ ހިންގަމުންނެވެ. އަދި 800 އަށް ވުރެ ގިނަ ގެސްޓްހައުސް 90 ރަށެއްގައި އަންނަނީ ހިންގަމުންނެވެ.

މިދިޔަ އަހަރު ސަރުކާރުން އެންމެ ފުރަތަމަ އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވާސިލްވެވުނެވެ. އަދި އިތުރު ތިން ލައްކަ ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލްވެވުނީ މިދިޔަ މަސް ނިމެން އުޅެނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ކޮވިޑްގެ ހާލަތު ގޯސް ނުވާ ނަމަ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިނބޫ

    އިންޑިޔާއިން ގިނައިން އައީ ފަތުރުވެރިންނެއްނޫން. ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގަ ރާއްޖެ ބޭނުންކޮށްފަ، މެދުއިރުމައްޗަށާ އެހެން ބައެއް ގައުމުތަކަށް ދަތުރުކުރުމަށް. އޮޅުވާ ނުލާބަލަ މައުސޫމް.

    10
    2
  2. ސަލްމާ

    ލައްބަ ލައްބަ ކަރަންޓީނަށް އައި އިންޑިއާ މީހުންވެސް ހިމަނައިގެން ދެއްތޯ. އިންޑިއާ ޕްރޮމޯޓްކުރަން ހާދަވަރެކޭ މިހުންނަނީ.

    10
    2
  3. އަލީ

    އާޓުފިސަލްބީޗުގައި 40 ހަކައް އިންޑިއާ ފަތުރުވެރިން ފޮށި ތައްމައްޗާއެކު ދާނެތަނެއްނޭނގިފަ ތިބިމަންޒަރު އަޅުނގަޑު ދުށިން އެމީހުންނާވާހަކަދައް އެމީހުންގެ ފޮޓޯވެސްނެގިން އެމީހުންބުނީ ފަތުރުވެރިންގެ ގޮތުގައްޔޭ ކަރަންޓީނުވާން އެތެރެވެފަމިތިބީ އެގޮތަށްއައިސްތިބިމީހުންނާއެކު އަދަދު ތިޔަކިޔަނީ.

    9
    1
  4. މޮޑަން

    ކަރަންޓީންވާންވެސް އެމީހުން އައިސްތިބީހިލޭތަ؟ ހަމަޑޮލަރުންދޯ ޕޭކުރަނީ އެމީހުންވެސް

    5
    3
  5. ހުސެންރަހާ

    ބަލަ ކަރަން ޓީން އައް އައުމާ ފަތުރުވެރިންގެ ގޮތުގަ އައުމާ ވަރައް ތަފާތު ފަތުރުވެރިޔަކު ނުޖެހޭނެ މަގު މައްޗައް ފޮށިތަންމަތި އުކާލާފަހުންނާކައް އެމީހުން އަންނާނީ ގަވައިދުން އެހެން ނުވީމަ ތިޔަބުނާ ބަޔަކު އާޓިފިޝަލް ބީޗްގައުޅެން ތިޔަޖެހުނީ އެމީހުންނަކައް ފަތުރުވެރިން ނުކިޔާނެ

    4
    2
  6. ޢަސްލޭ

    އިންޑިއާ ދަހި ފޫޅު ތައް ، ރަށުން މެގީ ނޫޑްލްސް ހިފައިގެން އައިސް އެއްކޮޓަރީގަ 12 މީހުން މިވެސް ކައުންޓް ކޮށްފަ އަދަދު ތި ކިޔަނީ، އަނެއްކާ ވޭޓަރުންނަށް ޓިޕްސް ގަނޑެއް ދިއްކޮށްލަން ނުކެރޭ ދަހި ފޫޅު ތަކެއް، އެހެންވެ އަދަދު ގިނަޔަސް ގިނަ ލާރި ނުވަންނަނީ. ބަޔަކަށް ރަންގަނޑަކަށް ވިޔަސް ތީ ހައްޕުނޑު.

    8
    1
  7. ޢަހުމަދު

    ގިނައީ ހަމަ އެއް ލަމައެއް ނުބަލާ ރާއްޖެ އެމީހުންގެ ކަރަންޓިން މަންޒިލަކަށް ހެދީމަ އައި މީހުން