ޖޫން މަހު އެކަނި ވެސް އިންޑިއާއި ން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތް ކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު އުޅެނީ 99,614 ގައެވެ. އަދި ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު އުޅެނީ 119,967 ގައެވެ.

އެހެންކަމުން މިދިޔަ މަހު ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަދަދު އުޅެނީ 20،353 ގައެވެ.

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 79,562 ފަތުރުވެރިންނެވެ. އަދި އެ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތް ކޮށްފައިވަނީ 86,358 އިންޑިއާ ފަތުރުވެރިންނެވެ. އެހެންކަމުން އެ މަހުގައި 6000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

އެމި އަހަރުގެ އެހެން މަސްތަކާއި އަޅާ ބަލާއިރު މިދިޔަ މަހު ރާއްޖެ ޒިޔާރަތް ކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 809،603 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ އިނގެރޭސި ވިލާތެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާ އިންނެވެ.

ރާއްޖޭގެ ޖުމްލަ 164 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 841 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 150 ސަފާރީ އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެއްކަލަ ބައިމީހުން

    އިންޑިއާއިން ތި އަންމީހުން ނަކީ ހަގީގީ ޓޫރިސްޓުންތޯ ނުވަތ ޓޫރިސްޓް ވިސާގެ ދަށުން މަސައްކަތްކުރަން ގެންނަމީހުންތޯ އަޅެ ބަލާލަ ބަލަ.. މިހެން މިބުނީ މިހާރު މިއީ ވަރަށް ހިގާ ކަމެއްވީމަ

  2. ހުސެންބެ ބ

    މަދެއްނުނުް

  3. މައުސޫމާ

    ހަހަ. އެތައް ބިލިޔަނެއްގެ އާބާދީއެއް އޮތް އެއަށް ބޮޑު އިންޑިއާއިން އެއްމެ 25،000 ޓޫރިސްޓުން އައިސްގެން އަދި އުފާ ފާޅުކުރާވަރެއް ނުވޭ.... ތީ ހަމަ ފޮނި ދެއްކުން.

  4. ރަން ރީނދޫ

    އިންޑިއާ އިން އަންނަނީ ފަތުރުވެރިންނެއްނޫން. އެއީ ބޮލުރިހުން.

  5. 1233Happy 123

    އިންޑިޔާ😘🥰

    1
    3
  6. ހުސޭނުބޭ

    ޔޫރަޕުން 10 މީހުން އައުމެކޭ އިންޑިޔާއިން 20000 މީހުން އައުމެކޭ ވާނީ އެއްވަރު. އިންޑިޔާގެ ފަތުރުވެރިންނަކީ ޢަދަދެއް. ފައިދާއެއްނޫން.

  7. ވަޒީރެއާލާ

    އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެހެންވެސް ފާހަގަކުރަންވާނެ. މިރާއްޖޭގެ ޓޫރިޒަމް ހިފަހައްޓަނީ އިންޑިއާއިން. އިންޑިއާ ފަތުރުވެރިން ނާންނަ ނަމަ މިސިނާއަތު މިހާރު ބަނގުރޫޓްވެއްޖައިސް.

  8. ކޭލަ

    އިންޑިއާއިން އަންނަނީ ފަތުރުވެރިންނެއްނޫން ސަރުކާރުގެ ހިލޭއެހީގަ އަންނަ އިންޑިއާގެ އެޖެންޓުން އެމީހުންއަންނަނީ ރާއްޖެބަލަން މިގައުމު ހިފަން.

  9. ީޔހޔ

    ބާޒާރުމަތީ، ތަރުކާރީ ވިއްކާ އިންޑިޔާޓުއަރިސްޓްން ހިމަނައިގެން ތިއަދަދު ހަމަވާނީ.