މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 1.6 މިލިއަން ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ކަމުގައިވާ 1.6 މިލިއަން ވަނަ ފަތުރުވެރިޔަކަށްވީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ 27 އަހަރުގެ ތޭޖަސް ސަންޖޭ ކޮޓާރީއެވެ.

ތޭޖަސް އަށް ވީއައިއޭގައި ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔާފައެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

މި އަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ތޭޖަސްބުނީ އޭނާއަށް 1.6 މިލިއަން ފަތުރުވެރިޔާގެ ޝަފަރު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އެ ޝަފަރު ލިބުނުކަން ގަބޫލް ވެސް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ ޔުނީފޯމްގެ ވިޔަފާރިއެއް ހިންގާ ތޭޖަސް ރާއްޖެ އައީ އަލަތު ކައިވެނި ކޮށްގެން އަނބިމީހާއާ އެކުގައި ހަނީމޫނަށް ކަމަށް ވެސް އޭނާ ބުންޏެވެ. މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރު ކަމަށް ވެސް ތޭޖަސް ބުންޏެވެ.

ތޭޖަސް ބުނީ ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅީ ރީތި ދޮންވެލި ގޮނޑުދޮށާއި ރާއްޖޭގެ ހިތްގައިމުކަން ފޮޓޯތަކުން ފެނުމުން ކަމަށެވެ.

ރާއްޖެ ޒިޔާރަތް ކުރި 1.6 ޝަރަފު ލިބުނު ތޭޖަސް އާއި އޭނާގެ އަނބިމީހާ ޗުއްޓީ ހޭދަކުރަނީ އެމަރޯލްޑްސް ގަ އެވެ. އެ ރިސޯޓްގައި ހަތަރު ރޭ އެ މީހުން މަޑު ކުރާނެއެވެ.

ތޭޖަސް އަށް އެމްއޭސީއެލް، ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް ދީފައެވެ. އަދި ލަކްސް ރިސޯޓުގެ ފަރާތުން އޭނާއަށް ވަނީ ހިލޭ ސްޓޭއެއްވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިމަން

    އެހެންވިއްޔާ ރާޢްޖެ ބަނޑަށްޖެހެނީޔޭކިޔާއިގެން މިއުޅެނީ މޮޔައިންތާ ތިން ހަތަރު ރޭ ރާއްޖޭގައި ހޭދަކޮށްލާފަ ރެއަކަށް 1500 ޑޮލަރު ޚަރަދުކުރިޔަސް 9،600،000،000 ޑޮލަރު ލިބިފައި ހުންނާނެކަމަށް ބެލެވެނީ އެހެންވީމާ ބަނގުރޫޓުނުވާނެއެއްނު..

    1
    1
    • އައްޔަ

      ބަނޑަށް ޖެހެނީ ލާރި ނުލިބޭތީއެއްނޫން. އެ އަތުޖެހޭ ބޭފުޅަކު އެ އަތުޖެހުނު އެއްޗެއް ކާތީ. މިސާލަކަށް ބަލާބަލަ އާރުޓީއެލް ފެރީތަކެއް ހަދަން ބަޔަކަށް ބިޑުދިނީ ފެރީއަކަށް 9.3 މިލިއަން ރުފިޔާގެ ރޭޓުން. އެއީ ފެރީއަކަށް 83 ލައްކަ. 100 ފޫޓް ގެ މަސްދޯންޏެއް ބަނދެގެން މަހަށް ނުކުންނައިރުވެސް ޚަރަދުވާނީ 80 ލައްކަ. މިވަރު ފުކެއް ބޮޑު ދޯ