މޯލްޑިވްސް މިއުޒިން އެންޑް އާތް ސެންޓަރުން މި ރޯދަ މަހު ގެނެސްދޭ މަދަހަ ރަން އަޑު މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މަދަހަ ރަން އަޑު ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މަދަހަ މުބާރާތެކެވެ. އެ މުބާރާތް ފުރަތަމަ ބާއްވާފައިވަނީ 2020 ވަނަ އަހަރުގަ އެވެ.

މޯލްޑިވްސް މިއުޒިން އެންޑް އާތް ސެންޓަރުން ބުނީ އެ މުބާރާތުގެ ބޭނުމަކީ މަދަހައިގެ ޒަރިއްޔާއިން ކުޑަކުދިންގެ ހިތްތަކުގައި އިސްލާމީ ރޫހު އާލާކުރުން ކަމަށެވެ.

މި އަހަރުގެ މަދަހަ ރަންއަޑުގެ މުބާރާތުގައި މުޅި ރާއްޖެއިން 90 ކުދިން ބައިވެރިވާ ކަމަށް އެ ސެންޓަރުން ބުނެ އެވެ.

އެ މުބާރާތް ދައްކާނީ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ހަވީދު 4:15 އިން 4:45 އަށް ވީޓީވީއިންނެވެ. އަދި ރިޕީޓްތައް ރޯދަމަސް ނިމެންދެއް ދައްކާނެ ކަމަށެވެ.

މަދަހަ ރަން އަޑުގެ އެޕިސޯޑްތައް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާން ޕްލެޓްފޯމުން ވެސް ބެލޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުގެ ތެރޭގައި އިސްލާމީ ރޫހު އާލާ ކުރާ ހަފްލާތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުމަ ށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު