ބާޒާރުގައި ލުނބޯގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ އިރު ވިއެޓްނާމުން ލުނބޯ ގެނައުމުން ވެސް އަގު ހެޔޮވާގޮތެއް ނުވިއެވެ.

މާލޭގެ ބާޒާރު މަތީ ފިހާރައެއްގެ ސޭޓަކު “ވަގުތު”އަށް މައުލޫމާތު ދެމުން ބުނީ ވިއެޓްނާމުން ލުނބޯ ގެނައި ނަމަވެސް ގެނައީ ވަރަށް މަދުން ކަމަށެވެ.

އޭނާ ބުނިގޮތުގައި 40 ފޫޓުގެ ކޮންޓޭނަރެއްގައި ގެނައީ އެންމެ 2،000 އެއްހާ ކޭސްގެ ލުނބޯއެވެ. އޭގެން ކޭހެއްގައި ހުންނަނީ އަށް ކިލޯގެ ލުނބޯ އެވެ.

"ލުނބޯ ކޭސްތައް ވެސް ހޯލްސޭލްކޮށް ވިއްކަނީ ލިމިޓެޑްކޮށް. ކޭހެއް ހޯލް ސޭލްކޮށް ވިއްކަނީ 600 ރުފިޔާއެއް. އެއީ ކިލޯއަކަށް 75 ރުފިޔާއިން. ދެން އަޅުގަނޑުމެންވެސް ވިއްކާނީ ފައިދާ ލާފަތާ" ސޭޓު މީހާ ކިޔައި ދިނެވެ.

މިހާރު ބާޒާރުގައި ލުނބޯ ވިއްކަމުން ދަނީ 100 އާއި 125 އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއީ އިއްޔެވެސް ލުނބޯ ވިއްކި އަގުތަކެވެ.

"ވިއެޓްނާމުން ގެނައި ލުނބޯތައް މާދަމާ ހުސްވާނެ. ދެން އަނެއްކާ އަގުތައް އަރާނީ މައްޗަށް، ދެން 10ގެ ކުރިން އަނެއްކާ އަންނާނެ ވިއެޓްނާމުން ދެތިން ކޮންޓޭނަރުގެ ލުނބޯ.އޭރުން އަގުތައް ތިރިވާނީ" ސޭޓު މީހާ ކިޔައިދިނެވެ.

ވިއެޓްނާމް ލުނބޯގެ އިތުރުން މި ވަގުތު ދެން އެންމެ ގިނައިން ވިއްކަމުން ދަނީ އިންޑިއާ ލަންކާއިން ގެނެސްގެން ވިއްކަމުންދާ ލުނބޯއެވެ. ނަމަވެސް އެއީ އެއާ ފްރައިޓްކޮށް ގެންނަ ލުނބޯކަމަށް ވާތީ އަގުތައް ބޮޑު ވަނީއެވެ.

ބާޒާރުގައި ބަންގާޅު ލުނބޯތަކެއް ވެސް ކޮންމެވެސް ވަރަކަށް މިހާރު ދަނީ ވިއްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ލުނބޯގެ އަގު ތިރިވެދާނޭތީވެ ކުޑަ އެތިކޮޅެއް ގެނައީ ހަމަ ގަސްދުގައި
    ދަހިވެތި ބައެއް

    17
  2. ކަޅުބެ

    ވިޔަފާރިވެރިންނަކީ ކޮންމެއަހަރެއްގެ ރަމަލާންމަހަށް ހަރާމް ގޮތުގަ ފައިސާހޯދާބައެއް އެމީހުންނަށް ހީވަނީތަ މިކެވެނީ ހަލާލް އެއްޗެއްހެން ނޫން ހަރާމްއެއްޗެއް އެކެވެނީ ހިނދުކޮޅުގެ މުއްސަނދިކަމަށް ހޭބަލިއެވެވެނީ .

  3. މުހަންމަދު

    ޜާއްޖޭގެ ފިޔާރި ވެރިންނަކީ ވަރަށް ނުބައި ނުލަފާ ބަޔެއް.........

  4. ޖ

    ބަލައަގުހެޔޮކުރން ބޭނުން ނުވަންޏާ އަގުހެޔޮވާނެތަ

  5. ޢަލީ

    ކޮންމެ ރޯދަމަހަކާ ދިމާކޮށް މި ވިޔަފާރިވެރިން އުޅެނީ ރައްޔިތުމީހާގެ ކަރުބުޑަށް އަތްބާނާފަ ކުޑަދޫވެސް ދަމައިގަންނަން !

  6. މެންސުއްޓާޔުނައިޓެޑް

    މިހާކުޑައާބާދީ އަކައް ވާވަ ރުގެ ލުނބޯ ކޮޅެއް ނުގެނެވޭބާދުނިޔޭގެ މިލިޔަނުންމީހުން އުޅޭ ގައުމުތަކުގަވެސް މިހާ ދައްޗެއްނޫން ސުޕަ ރ މާކެޓައްގޮސް ލުނބޯގަންނަންވީހަމަ އެހާ އަގުވެސް ހެޔޮ މީކޮންކަހަލަ އިގްތިސޯދެއް ކިޔަވައިގެން ތިބި ވެ ރިންތިބިތަނެއް ހަމަ މިހާތަކުލީފު ރައްޔިތުންއުފުލަންޖެހޭބާ ލުނބޯހުތްކޮޅެއް ހޯދަން