މާލޭގެ މަސް މާރުކޭޓްގައި މަހުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

"ވަގުތު"ގެ ނޫސްވެރިން މިއަދު ވަނީ މަސް މާރުކޭޓަށް ގޮސް މަހުގެ އަގުތައް ބަލައިފައެވެ.

މަހުގެ ބާވަތްތަކުގެ ތެރެއިން ބޮޑު ކަންނެލި ކިލޯއެއްގެ އަގު އުޅެނީ 45 ރުފިޔާގައެވެ. އަދި މާރުކޭޓުން ގޮޮދާ ނުވެސް ލިބެއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޮޑު ކަންނެލި ކިލޯއެއްގެ އަގު އުޅުނީ 25 ރުފިޔާގައެވެ. އަދި ގޮދާ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުއްޓެވެ.

މިދިޔަ އަހަރު ރޯދަ މަސް ފެށުނު އިރު ގޮަދާ އާއި ބޮޑު ކަންނެލީގެ ކިލޯއެއްގެ އަގު އުޅުނީ 70ރ. އާއި 80ރ. އާއި ދެމެދުގެ އަގެއްގައެވެ.

މަސް މާރުކޭޓުގައި މަސް ވިއްކާ މީހަކު ބުނީ މި ދުވަސް ވަރު މަސް އަގުބޮޑުވެގެން އުޅެނީ ރޯދައިގެ ފަހު ދިހަޔަަކަށް ވެފައި މަހަށް ފުރުން މަދުވެފައުވާތީ ކަމަށެވެ.

ގޮދައާއި ބޮޑު ކަންނެލީގެ އިތުރުން މާނިޔާ މަހާއި ކަނޑުމަހުގެ އަގުވެސް ވަނީ ބޮޑުވެފައެވެ.

މާނިޔާ މަހެއް 60 ރުފިޔާއަށް ލިބޭ އިރު ކަނޑުމަސް ކިލޯއެއް އުޅެނީ 30 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަންނާނެެއް

    ޕްލާސްޓިކު ކޮތަޅު މާ އަގުބޮޑީ ކަމަށް ކެޔޮޅު ބުނީ