ބާޒާރުގައި ކަރާ މަދުވެ އަގު ހެޔޮ އިންޑިއާގެ ކަރާގެ އަގުވެސް އުފުލިއްޖެއެވެ.

މި ރޯދަ މަސް ފެށުނު އިރު އިންޑިއާ ކަރާގެ އަގުތައް އުޅުނީ ކިލޯއެއް 15- 20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އަދި ރޯދަ މަހުގެ ވަރަށް ފަހަކާ ޖެހެންދެން ހުރީ އެ އެގުތަކުގައެވެ.

ނަމަވެސް މިއަދު ލޯކަލް މާރުކޭޓްގައި އިންޑިއާ ކަރާ ކިލޯއެއް އުޅެނީ 25 ރުފިޔާ ގައެވެ.

މާރުކޭޓްގެ ވިޔަފާރިވެރިން ބުނީ އިންޑިއާ ކަރާގެ އަގު މަތިވީ ކަރާ ލިބޭލެއް މަދުވުމުން ކަމަށެވެ.

ލޯކަލް މާރުކޭޓްގައި އެންމެ މަޝްހޫރު ތޮއްޑޫ ކަރާ ކިލޯއެއްގެ އަގުވެސް މިހާރު 25 ރުފިޔާގައެވެ. މި ރޯދަ މަސް ފެށުނު އިރު ތޮއްޑޫ ކަރާގެ އަގުތައް ހުރީ ކިލޯއެއް 30 ރުފިޔާ އަށެވެ. އަދި އޭގެ ފަހުން އަގުތައް ވެއްޓެމުން ގޮސް 20 ރުފިޔާ އަށް ވެސް ވެއްޓުނެވެ. ނަމަވެސް ފާއިތުވި ހަފްތާއެއްހާ ދުވަސް އެ އަގު އުޅެނީ 25 ރުފިޔާއެވެ.

ތޮއްޑޫއަކީ ރޯދަމަހަށް އެންމެ ގިނައިން ކަރާ ނެރޭ އެއް ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރާސަރު އަލީ

    ތިޔަށް ކިޔަނީ ރިބާއޭ... އެއް ސްޓޮކަކުން ކަރާ ތިޔަ ނަގަނީ... އެކަމަކު ކުރިން 15 ރުފިޔާ އަށް ވިއްކި ކަރާ ހަމަ އެ ސްޓޮކުން ނަގާފަ ތިޔަ ވިއްކަނީ 25 ރުފިޔާ އަށް.

    ދިވެހި ބައެއް ވިޔަފާރިވެރިންނާއި އިންޑިއާގެ ހިންދޫ ނުލަފާ ކާފަރުން ތިބެގެން މިއޮށް ރޯދަމަހުގައިވެސް ދިވެހި މުސްލިމުން ފެލާލަނީ.

    1
    1