ތޮއްޑޫ ކަރާގެ އަގުތައް އަނެއްކާވެސް ބާޒާރުގައި އުފުލިއްޖެއެވެ.

މި ރޯދަ މަސް ފެށުނު އިރު ތޮއްޑޫ ކަރާގެ އަގުތައް ހުރީ ކިލޯއެއް 30ރ. އަށެވެ. އަދި އޭގެ ފަހުން އަގުތައް ވެއްޓެމުން ގޮސް 20ރ. އަށް ވެސް ވެއްޓުނެވެ.
ނަމަވެސް މިއަދު ލޯކަލް މާރުކޭޓްގައި ހުރި އަގުތަކަށް ބަލާލާއިރު ކަރާ ކިލޯއެއްގެ އަގު މިހާރު ވަނީ އަނެއްކާވެސް ބޮޑުވެފައެެވެ.
އެގޮތުން މިހާރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 25ރ. ގައެވެ.
ލޯކަލް މާރުކޭޓްގެ ވިޔަފާރިވެރިން ބުނީ ތޮއްޑޫ ކަރަގެ އަގުތައް ބޮޑުވީ އެ ކަރާ މިހާރު ލިބޭ މިންވަރު މަދުވެފައިވާތީ ކަމަށެވެ.

ތޮއްޑޫ ކަރާގެ އިތުރުން އިންޑިއާ ކަރާ ވެސް ލޯކަލް މާރުކޭޓުން ކޮންމެވެސް ވަރަކަށް ފެނެއެވެ. ނަމަވެސް އެ ކަރާތަކުގެ ކޮލިޓީ އެހާ ރަނގަޅު ނޫން ކަމަށް މާރުކޭޓުގެ ސޭޓުން ބުނެއެވެ.

އިންޑިއާ ކަރާގެ އަގުތައް ލޯކަލް މާރުކޭޓުގައި އުޅެނީ 20ރ. ގައެވެ.

ތޮއްޑޫ ކައުންސިލް މެމްބަރު ހުސެއިން ޝައިބާން "ވަގުތަށް" ވިދާޅުވީ މިދިޔަ ރޯދަ މަހާ އަޅާބަލާއިރު ކަރާ ހެއްދި މިންވަރު ކުޑަކޮށް މަދު ކަމަށެވެ.

އޭނާ ވިދާޅުވީ މި ރޯދަ މަހު ބޭނުންވާ ވަރަށް ތޮއްޑޫ އިން ކަރާ ނެރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިއްބެ

    ބޭރުކަރާ މާރަގަޅު ، ތޮއްޑޫކަރާ ގިނައީ ދޮންނުވާ ކަރާ...ބޭރުކަރާ މާފޮނި

    7
    3
  2. ހަސަނު

    މާރަނގަޅަށް ތިވީ.... ތޮއްޑޫ ކަރާ އެއީ ހުސް ކެމިކަލް.... ފެނު ކައްކާގެން ކެޔަށް ބުޔަސް ނެތްސަލާމަތެއް..

    2
    3
    • ހޯރަ އިއްބެ

      ހަމަ ކެމިކަލް ބޯން ތިބެންޖެހޭނީ

  3. ރާކަނި ސައްތާރު

    ޢޮފް ކޮއްފައި ބަހައްޓާ އަހުރެން ނޫޅެން ތިކަރައެއް ވެވޭތޯ.....ރޯދަ ހިފޭނެ ތިކަރައެއް ފަޅާނުލިޔަސް.....