ލުނބޯ އަގު ދަށްވަމުން ވަމުން އައިސް އެންމެ ފަހުން ކިލޯއެއް 50 ރުފިޔާ އަށް ވެއްޓިއްޖެ އެވެ.

ބާޒާރު މަތީގެ ބައެއް ފިހާރަތަކުން ބުނީ ލުނބޯގެ އަގުތައް ހެޔޮވީ ވިއެޓްނާމުން އެކަށީގެންވާ ވަރަށް މިހާރު ލުނބޯ ލިބެމުންދާތީ ކަމަށެވެ.

އެގޮތުން ލުނބޯގެ އަގު 50 ރުފިޔާއަށް ވެއްޓިފައި ހުންނަތާ މިހާރު ދެތިން ދުވަސް ވެދާނެ ކަމަށް ބާޒާރު މަތީ ފިހާރަތަކުން ބުނެއެވެ.

ލުނބޯ ބޭރުން ގެންނަލެއް އަދިވެސް އިތުރުވާނެތީ އަދި އިތުރަށް ވެއްޓޭނެކަމަށް ވެސް ބާޒާރު މަތީ ފިހާރަތަކުން މައުލޫމާތު ދެއެވެ.

މި ރޯދަ މަހު ފެށުނުއިރު ލުނބޯގެ އަގު އިންތިހާއަށް މައްޗަށް އަރައި ކިލޯއެއް 150 ރުފިޔާއިން މައްޗަށް ވެސް އެރިއެވެ. ނަމަވެސް ރޯދަ މަހުގެ މެދާ ހަމައަށް އައިރު އެ އަދަދު 100 ރުފިޔާއަށް ވެއްޓުނެވެ. ނަމަވެސް އޭރުވެސް ލުނބޯ ގެންނަމުން ދިޔަ ވިއެޓްނާމްއިން ރާއްޖެއަށް ލުނބޯ އެކަށީގެންވާ ވަރަށް ނުގެނެވެއެވެ.

ރޯދަ މަސް ފެށުނު އިރު ވިއެޓްނާމުން ލުނބޯ ނުލިބޭތީ އޭރު ލުނބޯ ގެންނަމުން ދިޔައީ އިންޑިއާ ލަންކާއިން އެވެ. ނަަމަވެސް އެއާ ފްރައިޓްކޮށް އެ ގައުމުތަކުން ލުނބޯ ގެންނަން ޖެހޭތީ އަގުތައް އިންތިހާއަށް އޭރު މައްޗަށް އެރީ އެވެ.

މި ރޯދަ މަސް ފެށުނު އިރު ލުނބޯ ނުލިބޭތީ ބަންގްލަދޭޝްއިން ވެސް ކޮންމެވެސް ވަރަކަށް ދެތިން ވައްތަރެއްގެ ލުނބޯ ގެނެސްގެން ވިއްކި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާބެ

    ރަމަލާން މަސް ނިމުނީމަ އަދި 15ރ ވެެސް ވެއްޓޭނެ

  2. ފޭރޭ

    ބަރަކާތް ތެރި ރަމަޞާންމހަކީ ދީލަތިކަމާ ސަދާގާތް ކުރާ މައްސަރެއްރާއްޖެ މުޅިންއިދިކޮޅަށް ރަމަޞާން މަސް
    ޢައީމަ ވިޔަފާރި ވެރިނނަށް އީދެއް އައިސްގެނއުޅޭހެން ހީވާނީ އެމީހަކަށް އަތުޖެހުނު އެޗެއް ހިތުހުރިއަގަކަށް ބަޒަރަށްނެރެގެން ރައްޔިތުން ފެލާގެން ހީވާނީ ފެރެހެން މުސްސަދިވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެން ދާނި ހުރިހާއެއްޗެއްވެސް އަގު ހެޔޮވެގެން ފެލާ ފޭރޭ ރަމަޞާންމަސް ނިމޭ އަތަށް އެޅީ މަ ލިބޯ ލިބޭނެ 15ރ ކިލޯއެއް ރޯދަ ނިމުމާއެކު ވިޔަފާރިވެރިން ނަށް އީދު މުބަރަކު

  3. Anonymous

    އަދި ރޯދަމަހު ބާކީ 5 ދުވަސް އެބަ އޮތް އަގު ހެޔޮނުކޮއް މަޑުކޮއްލާ.