ބޭންކް އޮފް މޯލްޑިވްސް އިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އާއި ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި ފައިނޭންސިންގ އަށް ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  • ޕްރޮމޯޝަންގެ ބޮޑު އިނާމު: ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް 2 މީހަކަށް ޓުއަރ ޕެކޭޖް ( މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ހަމަޖެހިގެންދާނެ)
  • ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް

ބީއެލްއެލުން ބުނީ، މި ޕްރޮމޯޝަން ކުރިޔަށް ދާނީ 15 މޭ އިން ފެށިގެން 30 ޖޫން ގެ ނިޔަލަށް ކަމަށެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް 20،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯ ގެ ދަށުން 25،000 އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ ދަށުން 2 ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 4 ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500،000 ރުފިޔާ އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޑިޔާ އައުޓު

    މިލޯނުލިބޭނީ ބޭންކަށް ކޮއްމެ މަހަކީ ފައިސާޖަމާވާމީހުންނަށް އެހެން ގޮތްތައް ކިތަންމެ ފައިސާއެއް ލިބުނަސްލޯނެއްނުލިބޭނެ