ރާއްޖޭގެ އެންމެ ފުރަތަމަ ދުނިޔޭގެ ފެންވަރުގެ މަލްޓި އައިލެންޑް، ލެޝަރ ޑެސްޓިނޭޝަން، ކްރޮސްރޯޑްސް މޯލްޑިވްސްގެ ދެ ރިސޯޓް ކަމަށްވާ ސައި ލެގޫން މޯލްޑިވްސް އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއަށް ޓްރިޕް އެޑްވައިޒަރގެ މިއަހަރުގެ ޓްރެވަލަރސް ޗޮއިސް އެވޯޑް ލިބިއްޖެއެވެ.

މިއީ ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ޓްރިޕްއެޑްވައިޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްރެވަލަރ ރިވިއުތައް ހޯދާފައިވާ ވިޔަފާރިތައް ފާހަގަކޮށް ދީފައިވާ އެވޯޑެކެވެ.

މިދިޔަ އަހަރަކީވެސް ސައި ލެގޫން މޯލްޑިވްސް އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއަށް ޗެލެންޖިންގ އަހަރެއް ނަމަވެސް ދެ ރިސޯޓުންވެސް ވަނީ ފަތުވެރިންނަށް އެންމެ ފުރިހަމަ އަދި ރަނގަޅު ތަޖުރިބާތަކެއް ކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ޓްރިޕް އެޑްވައިޒާގެ ސީސީއޯ ކަނިކާ ސޯނީ ވަނީ ކްރޮސްރޯޑްސްގެ ދެ ރިސޯޓަށް ޓްރިޕްއެޑްވައިޒާގެ މި އަހަރުގެ ޓްރެވަލަރސް ޗޮއިސް ލިބުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވިގޮތުގައި، ޓޫރިޒަމް އާއި ހޮސްޕިޓަލިޓީ ދާއިރާއިން އެވޯޑް ދޭއިރު އަބަދުވެސް ބަލަނީ ފަތުރުވެރިންނަށް އެންމެ ކަމުދާ ތަންތަން ކަމަށެވެ.

"ޓްރެވަލަރސް ޗޮއިސް އެވޯޑް ދޭއިރު ވަނަތައް ހޮވަން ވަރަށް އުނދަގޫ. އަދި ކޮވިޑް-19އިން އަރައިގެން މިހާރު އެވޯޑް ދޭއިރު ވަނަތައް ހޮވަން ވަކިން އުނދަގޫ. އެއީ އާ ޓެކްނޮލޮޖީ ބޭނުން ކުރުން ކަމުގައި ވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވިޔަސް، ނުވަތަ މުވައްޒަފުން ނެގުމުގައި ވިޔަސް. ފަތުުރުވެރިންގެ އާ ޑިމާންޑްތައް ފުރިހަމަ ކުރުމަށް /ކްރޮސްރޯޑްސްގެ ރިސޯޓްތަކުން/ އަޅާފައިވާ ފިޔަވަޅުތަކާއި މެދު އަޅުގަނޑު ފަހުރުވެރިވޭ". އޭނާ ވިދާޅުވިއެވެ.

މިއީ 2019 ވަނަ އަހަރު މި ދެ ރިސޯޓް ހުޅުވި ފަހުން މި އެވޯޑް ލިބުނު ތިން ވަނަ ފަހަރެވެ.

ޓްރިޕް އެޑްވައިޒަރއަކީ ފަތުރުވެރިންނަށް ރިސޯޓުތަކުގެ މައުލޫމާތާއި ޕްރޮމޯޝަންތައް ކިޔާދީ، އޮންލައިން ބުކިންގް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަބައެއްގެ މަގުބޫލު ބައިނަލްއަގްވާމީ ޓްރެވަލް ވެބްސައިޓެކެވެ.