ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުން ހުޅުމާލެ ދެވެނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާނުކޮށްފިއެވެ.

އެގޮތުން، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދުނު ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރ. ވަނީ ވަނީ ދީފައެވެ.

ފުރަތަމަ ނަސީބުވެރި ފަރާތަކީ އަބްދުލް ރަހުމާން ޙަސަނެވެ. އޭނާއާށް 25،000ރ ލިބުނުއިރު، ދެވަނައަށް ހޮވުނު އަހުމަދު ނާޒިމަށް 15،000ރ. އަދި ތިންވަނަ ނަސީބުވެރިޔާ އަހުމަދު ޝިޔާމްއަށް 10،000ރ. ވަނީ ދިރާގުން ހަވާލުކޮށްފައެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދުނު ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް އަގަކާއި ނުލާ ވަނީ ދީފައެވެ. އަދި ދިރާގު ޓީވީއަށް އެދުނު ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް ދީފައި ވެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 82 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84% ރަށަކަށް ދިރާގުޓީވީގެ ޚިދުމަތް ފޯރިކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދިމުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު