ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވުމުން ނުވަތަ އެކި ކަހަލަ މައްސަލަތައް ދިމާވުމަކީ އާންމުކޮށް ކުރިމަތިލާންޖެހޭ ކަމެކެވެ. މިގޮތަށް ހަލާކުވާ ނުވަތަ މައްސަލަ ދިމާވާ ތަކެތި މަރާމާތުކުރުން ރަނގަޅީ އިތުބާރު ކުރެވޭ ތަންތަނުންނެވެ.

އެކްސްސީޑް ފިހާރައަކީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ފިހާރައެކެވެ. ތަފާތު މޯބައިލްތައް އަގުހެޔޮކޮށް އާންމުުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތައް މަރާމާތުކުރުމުގެ ހިދުމަތްވެސް އެކްސްސީޑް އިން ފޯރުކޮށްދެއެވެ.

އެކްސީޑްއިން މޯބައިލްފޯން، ޓެބްލެޓް، އަދި އެޕަލް ވޮޗްވެސް މަރާމާތުކޮށްދެއެވެ. އެކްސީޑަށް ހަލާކުވެގެން ނުވަތަ މައްސަލައެއް ދިމާވެގެން ގެންދާ މިބާވަތުގެ އާލާތްތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދެނީ ކަސްޓަމަރުގެ ކުރިމަތީގައެވެ. މިހެންވުމުގެ ސަބަބުން އިލެކްޓްރޯނިކްތަކެތި މަރާމާތު ކުރާ ތަންތަނުން އާންމުކޮށް ދިމާވާ މަކަރު ހެދުމާއި، އަމިއްލަ ޑާޓާތަކަށް މަރާމާތުކުރާ ފަރާތުން ހުއްދަ ނެތި އެކްސެސްވުން ފަދަ ކަންކަމުން ދުރުވެއެވެ.

އެކްސީޑް އިން އެޕަލް، ސެމްސަން، ހުވާއީ، ޒިއައުމީ، ވަން ޕްލަސް ގެ ފޯން ތަކުގެ ޑިސްޕްލޭ، ޓަޗްޕެޑް، ބެޓެރި، ސްޕީކާރ، ކަވަރު، ޗާޖިން ޕޯޱް، ބަދަލުކުރުމުގެ އިތރުން މަދަބޯޑަށް ދިމާވާ މައްސަލަތައް އަދި ފެންއެޅިގެން ދިމާވާ މައްސަތައް ހައްލުކުރެވެއެވެ. އަދި އެޕަލް ވޮޗްގެ ޑިސްޕްލޭ، އަދި ޑިސްޕްލޭގެ ބިއްލޫރި ކޮޅު ވަކީންވެސް ބަދަލުކުރެވެއެވެ.

އެތަނުގައި މަސައްކަތް ކުރާ ޓެކްނީޝަނުން ނަކީ ފޯން މަރާމާތު ކުރުމުގެ ތަމުރީނު ލިބި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ކަމައް ޤާބިލު ޱެކްނީޟަނުންނެވެ. އެކްސީޑް މިކަން ކުރުމަށް ބޭނުން ކުރަނީ ދުނިޔޭގެ ކުރިއަރާފަވާ ގައުމުތަކުގަ ވެސް ބޭނުންކުރާ އެއްމެ ފަހުގެ ޓޫލްސް އަދި މެޝިނަރީސް ކަމަށް އެފިހާރައިން މައުލޫމާތު ދެއެވެ.

ފޯން މަރރާމާތު ކުރުމުގަ މާލޭގަ ގިނަދުވސްވީ އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އެކްސީޑް ހުއްނާނީ ބޮޑުރަސްގެފާނު މަގު އަދި އަލިކިލެގެފާނު ގުޅޭ ކަންމަތީގައެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅާލެވޭނެ ނަންބަރަކީ 3345949 އެވެ. ވައިބަރ އަދި ވަޓްސްއެޕް ނަންބަރަކީ 7975454 އެވެ. އެކްސީޑް އާ ގުޅޭ އިތުރު މައުލޫމާތު އެމީހުންގެ ވެބްސައިޓް، ފޭސްބުކްޕޭޖް އަދި އިންސްޓަގްރާމް އިން ލިބޭނެއެވެ.