ކޮފީއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ ދިވެހިންގެ މެދުގައި އަބަދުވެސް މަގުބޫލު އެއްޗެކެވެ. ކޮފީއަކީ އޭގައި އެންޑިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ހުންނަ ބުއިމެއްކަމުން ބައެއް ބަލިތަކުން ސަލާމަތްވުމަށް ވެސް މިއީ އެހީއެކެވެ. އަދި މިއީ ދުޅަހެޔޮކަމާ ގުޅޭ އެތައް ކަމެއްގެ ފެށުން ކަމަށް ވާއިރު، ދުވަހެއް ފެށޭއިރު މީހާގެ ތާޒާކަން އިތުރުކޮށްދޭ ބުއިމެކެވެ.

އިސްވެ ފާހަގަކުރެވުނު ކަންކަމުގެ އިތުރުން ހަންގަނޑު ރީތިކޮށް ޒުވާންކަން އިތުރުކުރުމަށް ވެސް ޚާއްސަ ކޮފީ ތައްޔާރުކޮށްފައި ހުރެއެވެ. މާބޮޑަށް ފަލަވެ ބަނޑެއް ލާފައި ހުރުމަކީ އެކަމުގެ ސަބަބުން މީހާގެ ފަރިކަމާއި ރީތިކަން ގެއްލިދާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާއިރު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައި ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ ކޮފީ" އަކީ މިކަންކަމަށް ޚާއްސަ ކޮފީއެކެވެ.

ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ އަކީ ހަށިގަނޑު ރީތިކޮށްދިނުމުގެ އިތުރުން، އެހެން ކޮފީ ތަކާއި ޚިލާފަށް ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި މީރު ކޮފީއެކެވެ. ހަކުރުގެ އެއްވެސް މިންވަރެއް އެކުލެވިގެން ނުވާ މި ކޮފީއަކީ މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައި މުޙިންމު ދައުރެއް އަދާކުރާ ކޮފީއެކެވެ.

ލޭންސްލޭ ކޮފީގައި ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތައް އެކުލެވިގެން ވެއެވެ. މި ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީއަކަށް ވެގެން ދެއެވެ.

މި ކޮފީ ބުއިމަށް އާދަކޮށްފިނަމަ، ދާދި އަވަހަށް ބަނޑު ހިންދާލެވުމާއެކު ހަށިގަނޑުގައި އިތުރަށް ހުންނަ ބަރުދަން ދަށްކޮށްލައެވެ. އަދި ހަށިގަނޑުގައި ހުންނަ އިތުރު ފެޓްތަކުން ސަލާމަތްވެ ސިއްޙަތައް ގެއްލުންކުރާ ނުރައްކާތެރި ޓޮކްސިންތަކުން ރައްކާތެރި ކޮށްދެއެވެ. އަދި ހަމަ އެހެންމެ ލޭގައި ހަކުރުގެ މިންވަރު މަތިވެ، ނުހިފެހެއްޓިފައިވާ ފަރާތްތަކަށް ދިމާވާ މި މައްސަލަ ތަކަށްވެސް މިއީ ޙައްކެލެވެ.

ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނާގޮތުގައި އާދަކޮށް ލޭންސްލޭ ކޮފީ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާހާ އަވަހަށް އޭގެ ރަނގަޅު ނަތީޖާ ފެނިގެން ދެއެވެ. ނަމަވެސް އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ ކުރީން މި ކޮފީ ބުއިމަކީ ރަނގަޅު ގޮތެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ކެއުމުގެ 20 މިނެޓު ކުރިން ލޭންސްލޭ ކޮފީ ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި ކޮފީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ދުވާލަކު މި ކޮފީގެ ހަތަރު ތައްޓަށްވުރެ އިތުރަށް ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ.

ލޭންސްލޭ ކޮފީއަށް އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.