އައްޑޫ ސިޓީގައި ހުންނަ "ލިބޭ-02" ފިހާރައިން ޑެލިވަރީގެ ހިދުމަތް ފަށައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" ގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އައްޑޫގައި ހުންނަ ފިހާރަ އިން ޑެލިވަރީގެ ހިދުމަތް ފެށީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ހުންނަ އެ ފިހާރައަކީ އައްޑޫގައި ހުރި ފިހާރަތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް އެއްޗެހި ލިބެން ހުރި ފިހާރައެވެ. އެގޮތުން ކޮސްމެޓިކްސްގެ އެންމެ ގިނަ ވައްތަރާއި ތާޒާ މޭވާ މިވަގުތު ލިބެން ހުރީ "ލިބޭ" އައްޑޫ ފިހާރަ އިންނެވެ.

މި ފިހާރަ އިން ޑެލިވަރީ ހިދުމަތް ބޭނުން ނަމަ، ގުޅާނެ ނަންބަރަކީ 7682002 އެވެ.

"ލިބޭ" ފިހާރައިން ވިއްކާ ބައެއް ތަރުކާރީ އާއި މޭވާ ތަކުގެ ތެރޭގައި ބެލް ޕެޕަރ، ކެޕްސިކަމް، ރޯ ކަދުރު، ބީންސް، ފޭރު، ކިއުކަމްބަރ، އަނބު، އަންނާރު، ލުނބޯ، ގްރޭޕްސް، ޑްރެގަން ފްރުޓް، ކޯލިފްލާވާ، ބީޓްރޫޓް އަދި ކެބެޖް ހިމެނެއެވެ.

"ލިބޭ" އިން ވިއްކާ ތަރުކާރީ އާއި މޭވާގެ ބައެއް ތަފްސީލް "ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް އިން ފެނިގެންދާނެއެވެ.

ތާޒާ ތަރުކާރީ އާއި މޭވާގެ އިތުރުން ވެސް އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވެސް އެފިހާރައިން އަގު ހެޔޮކޮށް ލިބެން ހުންނާނެއެވެ.

"ލިބޭ-02" ފިހާރަ ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް ކައިރީގައެވެ.