ދިވެހިންގެ ތެރޭގައި މަގުބޫލު ވިލާ ގޭހުން އަލަށް ފެށި "ފާސްޓޭ ދޯ" ކެމްޕޭންގެ ދަށުން، ވިލާ ގޭސްގެ ނަމްބަރަށް ގުޅާލައިގެން ބޮޑު ޑިސްކައުންޓަކާއި އެކު ދަގަނޑު ފުޅި ފައިބަރު ފުޅިއަށް ބަދަލުކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ވިލާ ގޭސްގެ ސޭލްގެ އެސިސްޓޭންޓް މެނޭޖަރ ޔާމީން ހުސައިން ރަޝީދު ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ވިލާ ގޭހުން ފަށާފައިވާ މި ޕްރޮމޯޝަންގެ ދަށުން ދަގަނޑު ފުޅި ގެންގުޅޭ ފަރާތްތަކަށް މިހާރު ވިލާ ގޭސް ކޮމްޕޮސައިޓް ސިލިންޑަރ (ފައިބަރު ފުޅި) އަށް 499ރ އަށް ބަދަލު ކުރެވޭނެއެވެ. ވިލާ ގޭސްގެ ފައިބަރު ފުޅީގެ ގޭސް ފުޅިއެއް ގަންނަން ބޭނުންވާ ފަރާތެއް ނަމަ އެ ކުންފުނީގެ ނަންބަރު 3336633 އަށް ގުޅައިގެން ކުރިއަށް ގެންދަންވީއެވެ.

ކުރިން ވިލާ ގޭހުގެ ފައިބަރު ފުޅިއެއް ގޭހާއި އެއްކޮށް ލިބެނީ 1127.50ރ އަށެވެ.

ރާއްޖޭގައި ކައްކާ ގޭސް ޑެލިވަރީ ކޮށްދިނުމުގެ އެންމެ އަވަސް ކުންފުންޏަކީ ވިލާ ގޭސްކަން ފާހަގަ ކޮށްލެވެއެވެ.

ވިލާ ހަކަތަގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް އެންމެ އެހީ ތެރިކަން ފޯރު ކޮށް ދޭނެ ގޮތް ބެލުން ހިމެނެއެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފަރުމާކުރުން ހިމެނެއެވެ.

ވިލާ ގޭސް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލް.ޕީ.ޖީގެ ހިދުމަތް ދެމުން އައި ކުންފުންޏަށް ވާއިރު މި ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު ކުކިން ފިއުލް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލް.ޕީ.ޖީ ސްޓޯރޭޖް ފެސިލިޓީއާއި ޑެޑިކޭޓެޑް ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރއަކާއެކު، ވިލާ ގޭސް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށް ވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތަ އަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ. ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ވިލާގޭސް ބަރާބަރު. މޯލްޑިވްގޭސް ކަސްޓާމަރުންނަށް ވީކަމެއްނެތް. އެމީހުންގެ ރައްޓެހިންނަށް ސިއްރުން ލުއިފުޅިދިން. ވަރަށް ވަގުތަނެއްއެއީ.