ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑުކޮށްފިއެވެ.

މޯލްޑިވަންގެ ޓިކެޓްގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން މިއަދު ވަނީ ފާހަގަވެފައެވެ.

މޯލްޑިވިއަންގެ މީޑިޔާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ތެލުގެ އަގަށް އައި ބަދަލާއެކު ފިއުލްސަރޗާޖް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުގެ ދިގުމިނަށް ބަލާ ކޮންމެ މަންޒިލަކަށްވެސް ފިއުލްސަރޖާޗް މިހާރު ބޮޑުވާނެ ކަމަށެވެ.

"ޓިކެޓްގެ އަގެއް ބޮޑެއްނުވޭ. އެކަމު ފިއުލްސަރޖާޗް ބޮޑުވީ." މޯލްޑިވިއަންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

ޓިކެޓަށް އައި ބަދަލަށް ބަލާއިރު 1،513 ރުފިޔާއަށް މާލެއިން އައްޑޫއަށް ކުރަމުން އައި ދަތުރު ދެން ކުރެވޭނީ 1،582 ރުފިޔާ އަށެވެ. މިގޮތަށް ހުރިހާ ދަތުރުތަކަށްވެސް ވެސް ފިއުލްސަރޗާޖް ބޮޑު ކުރުމުގެ ސަބަބުން ޓިކެޓް އަގު ވަނީ ބޮޑުވެފައެވެ.

ފިއުލްސަރޗާޖް ކަނޑައަޅަނީ ތެޔޮ ގަންނަން ލިބޭ އަގަށް ބަލައި މޯލްޑިވިއަން އިންނެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ރައީސް ސޯލިހް ވެފައި އޮތް ވައުދާ އެއްގޮތަށް ޖެނުއަރީ 2019ގައި ޑޮމެސްޓިކް ޓިކެޓުގެ އަގުތަކުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން %30-25 ހެޔޮކުރި އެވެ. އެގޮތުން އެވްރެޖުކޮށް ދެކޮޅު ޓިކެޓަކުން 835ރ. އަގު ހެޔޮވި އެވެ.

ނަމަވެސް ފަހުން ވަނީ އަގުތައް ކުރިއަށް ވުރެ ވެސް ބޮޑުކޮށްފައެވެ. ސާވިސް ޗާޖަށް ބަދަލު ގެނައުމުގެ ކުރިން ވެސް ފަހަކަށް އައިސް މޯލްޑިވިއަން އިން ޓިކެޓް ގަންނަން ލިބޭވަރު 2018 ވަނަ އަހަރު ޓިކެޓް ގަންނަން ލިބުނު ވަރަށް ވުރެވެސް ބޮޑެވެ. އަދި މިހާރު ސާވިސް ޗާޖަށް ގެނައި ބަދަލުގެ ސަބަބުން އަނެއްކާވެސް އިތުރަށް ޓިކެޓްގެ އަގު ބޮޑުވެގެން ދާނެއެވެ.

މޯލްޑިވިއަން އިން މިހާރު ޓިކެޓް އަގުބޮޑުކޮށް ވިއްކުމާއި ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އޯ ނޯ

    އަނެއްކާ؟

    33
    • ރައްޔިތުމީހާ

      މޯލްޑިވިއަން އެއަރ ލައިނުން ދިވެހީންގެ ލޭ އޮރުވާލަނީ ހަޤީޤަތުގައި. ބޯޓުތަކުގެ ފެންވަރު ނުލާހިކުދަށް އަދި ސާރވިސް ވެސް އެހާ ކަޑަ ނުވިތާކަށް ސޭފްޓީ ސްޓެންޑަރޓު ޕޮރޮސީޖާއެއް ނޯވޭ މޮނީޓަރ ކުރާކަށް. ރައްޔިތުން ނުކުމެ އަތުން ތަޅާ ތި ބޯޓުތައް މުގުރާ ހިސާބަށް ގޮއްސި.

      4
      1
  2. ލަތީފް

    މޯލްޑިވިއަން ތީބޮޑު ބޮލުގަ ރިހުމެއް. ފުރާނެ އިރަކުން ފުރާނީ.. ނަގާނެ އަގެއް ނަގާނީ. މިއިން ކަމަކަށް ބަލާނެ މީހަކު ނުހުރޭ. ބޮއްސުންލާފައި އޮތް ބައެއް. އެހެން ގޮތެއް އޮތްނަމަ ތިއިން އެކަކުވެސް ދަތުރެއް ނުކުރާނެ. ވިސްނާލަބަލަ ޤައުމީ އެއާލައިންގެ ޙާލަތު މިހާދަށުދަރަޖައަކަށް ވެއްޓިފާވާއިރު، މިއިންކަމަކަށް ވިސްނާ ވެރިއެއް ހުރިބާ.. ބޯހަލާކު

    61
    2
  3. ގަނޑިޔާ!!!

    ބޮޑުވެފަ ކުޑަ ނުވާ އެއްޗެއް ތީ...

    53
  4. އަހުމަދު އަލީ

    ދެން އޮޕަރޭޝަން ޚަރަދު ބޮަޑުވާ ވަރަކަށް އަގަށް ބަދަލު އަންނަންވާނެ. މައްސަލައެއް ނޫން. މައްސަލައަކީ ސަރުކާރު ވެއްޓިދާނެތީ ބައެއް ކުންފުނިތަކަށް ގެއްލުންވާ ގޮތައް ޚަރަދު ކުރަން ޖައްސާފަ އޮންނާތީ.

    33
    5
  5. އަބްދޫ

    އަހަރުމެންގަންނަނީ އެއާލައިނުން ވިއްކާޓިކެތް އހަރުމެން ތެލެއް ނުގަންނަން ތެޔޮ ނުވެސް ވިއްކަން. 2018 ގަ ވެރިކަމަށް އައިީ ޓިކެތް އަގުހެޔޮކުރާނެކަމުގެ ވައުދާއެކު އެ ވައުދު ފުއްދުމަށް ޓިކެތް އަގުހެޔޮކޮށް ކުންފުނި ބަގުރޫޓް ކޮށް؛ލި މިކަމުގަ ސާމިލްވާފަރާތްތައް ސަރިއަތާއި ކުރިމަތި ލާން ޖެހިދާނެ. ކުންފުންނަށް ގެއްލުންވާގޮތަށް ވައުދު ފުއްދުމުގެ ބާރު ބޯޑަށް ލިބިގެންނުވޭ.

    32
    4
  6. ކިނބޫ

    ޑުރެކިއުލާ ައެއާލައިން

    34
    1
  7. ލުޓޭރުންގެ ސަރުކާރު

    އެތެރޭގެ އުދުހުންތައް އަގު ހެޔޮ ކުރާނަށް...މިއީ ކާ ކުގެ ވައުދެއް..ޅޮސްވަ ކަރު މާވަޑި ކަލޭގެއަ ކީ ހައިވަ ކަރު މާވަޑިއެއް ކަމަށް ބުނެ ރައްޔިތުންނަ އޮޅުވާލި ނޫސްވެރިންނާ ގައްދާރުން ޒިންމާ އުފުލަންޖެހޭ މިވަގު ހިޔަޅު ސަރު ކާރުން ރައްޔިތުންނަ ދެމުންދާ އަނިޔާއަށް.

  8. ާދަލޭކް

    ތި މީހުންގެ މަސައްކަތުގައި ކޮން ބަރަކާތެއް ލައްވާނީ މިދިޔަ ހައްޖު ދުވަހުވެސް ރޯދަވީއްލާ ވަގުތުޖެހުނީ ފުލައިޓް ގައި ތިއްބާ އެކަމްކު ފެން ފޮދެއްވެސް ނުދިން ރޯދަޔަށް ތިބި މީހުން ރޯދަވީއްލީ ކުޑަކުތިން ގެންދިޔަ މީހަކު ދިން ޕެކެޓަކުން ފަަހަރަކު މީހަކު ތުންޖަހާފަ. ތީ އެވަރު ބައެއް.

  9. ޣ morning

    ތި ބޮޑު ބަލާވެރިކަމެއް..ލާރިފެލާ ބައެއްތީ!!

    2
    1
  10. ލީމް

    މީނުހިންގޭ ގާބިލު ނޫން މީހަކާއި ކުންފުނި ހަވާލު ވީމަ ވާގޮތް.. ދުވަސް ކޮޅަކުން އަޑު އިވޭނީ ބަގުރޫޓުވާ ކަމުގެ ވާހަކަ..

    އެމްޓީޑީސީވެސް ހަލާކުރިކަލޭގެ އަތަށް މިތަންދިނުމަކީ މިސަރުކާރުން ކުރި ބޮޑު ވެގެންވާ ގޯސްކަމެއް.. ނާގާބިލު މީހުން އަތަށް މިފަދަ ބޮޑެތި ތަންތަން ދިނުން..

  11. އަތޮޅުތެރޭ

    ކޮން އިރަކު އަގުހެޔޮ ކުރީ... ބުނެލަދީބަބަލަ ރައްޔަތުން

  12. ޑައެލޯގް

    އިބޫ ވައުދުވީ އެތެރޭގެ އުދުހުންތައް ކުޑަކުރާނެވާހަކައެވެ. އެހެންބުނިއިރުވެސް އެގެންވާނެ ތެލަކީ އަގުބޮޑުވެކުޑަވެވާއެއްޗެއްކަން ނަމަވެސް ޔާމީނު ވެރިކަމުން ބާލަންވެގެން ދޮގެއްހަދައިގެންވެސް ވެރިކަމަށްއާދެވުންބޭނުންވެފައޮތީމަ އެގޮތަށްބުނީއެވެ.

  13. ރަދީފް

    ދުނިޔޭގެ ބާޒާރުގަ ތެޔޮ އަގުހެޔޮވެ، ދާދިފަހުން އެސްޓީއޯ އިން ތެޔޮ ލީޓަރަކުން 45 ލާރި އަގުހެޔޮކޮށްފި. ތެލުގެ އަގު ހެޔޮވީމަ ފިޔުލް ޗާޖު ބޮޑުވާންވީ ކީއްވެ؟ ޓެކްސީ ދަތުރު އަގުބޮޑު ކުރީ ޕެޓްރޯލް ލީޓަރަކުން 15 ލާރި ބޮޑުވީމަ. 45 ލާރި އަގު ހެޔޮވީމަ ކީއްވެ ޓެކްސީ ދަތުރު އަގުހެޔޮ ނުވާންވީ؟

  14. ޙައްގު

    ވަގުންނަށް ހަލާކު ހުރި

  15. ލަދުކުޑަ

    މޯލްޑިވިޔަން . ގަވުމީ އެއަރލައިން. މި ނަން ބަދަލު ކުރަން ފެނޭ. ފެލާލާ. ދިވެހިންގެ ލޭބޯލާ...

  16. ހުވަދޫ އަލިބެއްޔާ

    ތީގެ ފްލައިޓަކުން ޑިލޭ ނުވެ ފުރުނު ޒަމާނެއް ހަދާން ހުރި މީހަކު ނެތް

  17. މުޙައްމަދު

    ޤައުމީ އެއަރލައިން އުވާލާ ކޮންމެ އަތޮޅަކަށް އެއަރލައިނެއް އުފައްދަން ފެނޭ

  18. ޝެބްލޯ

    ނުކުރޭ. ފިއުލް އަގުބޮޑުވީމަވެސް ކުންފުނި ބަނގުރޫޓު ވިޔަސް ޓިކެޓް ވިއްކަންވީ ހަމަ އެއަގުގަ؟ ފްލައިކުރާނެ ފެންވަރު ނެތިއްޔާ ކަނޑުމަގުން ދަތުރުކުރޭ.

    1
    1
  19. ޙުސައިން

    ވެރިކަނަ ނިމުމުގެ ކުރުންވާޅަ ރަތްޔަތުން ހަނާކޮއްލާން