ގޯޕްރޯއިން އަލަށް ތަޢާރަފް ކުރި ހީރޯ-11 އޮރިޖިނަލް ކެމެރާ މިހާރު ސޮއްޓި ބިޒް އިން ވިއްކަން ފަށައިފިއެވެ.

ހީރޯ-11 ކެމެރާ މި ފިހާރައިން ވިއްކާއަގަކީ 9500 ރުފިޔާ އަށެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގައި ގޯޕްރޯއިން ތައާރަފްކުރާ މި ކެމެރާ ސޮއްޓި ބިޒް އިން ގެނެސް، ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް އެ ފިހާރައިން ލިބެން ހުންނާނެއެވެ.

ހީރޯ-11 އަކީވެސް 10 މީޓަރ ވޯޓަރ ޕްރޫފް ކެމެރާއެކެވެ. އަދި އެކްޝަން މޯޑްގައި ވީޑިއޯ ކުރުމަށް ހާއްސަ ކެމެރާއެކެވެ. ސޮއްޓި ބިޒްގެ ވެބްސައިޓްއިން ކެމެރާގެ ފީޗަރސްތަކާއި އިތުރު މަޢުލޫމާތު ބަލާލެވޭނެއެވެ.

ކެމެރާއަށް އޯޑަރ ކުރުމަށް ގުޅާނީ ސޮއްޓި ބިޒްގެ ފޯން ނަންބަރުކަމަށްވާ 7750004 އަށެވެ.

މީގެ އިތުރުން، މި ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެންވެސް މުދާ ގަނެލެވޭނެ އެވެ. މި ގޮތުން ގަންނަ ތަކެތި ބޯޓާއި ހަމައަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓި ބިޒް ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްޙޫރު ބުރޭންޑުތަށް ކަމަށްވާ އެޕަލް، ސެމްސަންގ، ވަންޕްލަސް، ޒިއޯމީ ފަދަ ބްރޭންޑުތަކުގެ ފޯން ލިބެން ހުންނާނެއެވެ. ސޮއްޓި ބިޒްއަކީ ހަތް އަހަރުގެ ތަޖުރިބާއާއި އެކު ފޯނު ވިއްކާ ފިހާރައެކެވެ.

ސޮއްޓި ބިޒް ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް
ކުރިމަތީގައެވެ