ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީ ކުރުމުގައި ދިރާގުން އަދާކޮށްފައިވާ މުހިންމު ދައުރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފާހަގަކޮށް އެކުންފުނީގެ އަގު ވަޒަންކޮށްފިއެވެ.

މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޮކްޓޫބަރު ތިނެއްގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ދިރާގަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ދެއްވާ 'ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޮރ އައުޓްސްޓޭންޑިންގކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް' އެވޯޑް ލިބިފައެވެ.

މީގެ އިތުރުން، އެކުންފުންޏަށްވަނީ މަޓީގެ ފަރާތުން އަގުވަޒަންކުރުމުގެ 'ފަތުރުވެރިކަމުގެ 50 އަހަރު' އެވޯޑް ލިބިފައެވެ.

މި ދެ އެވޯޑްވެސް ދިރާގަށް ލިބިފައިވަނީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ތަރައްޤީކޮށް މީގެ ސަބަބުން ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައިފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.

ދިރާގުން ވަނީ ރައީސް ދެއްވާ 'ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް' އެވޯޑްއާއި މަޓީގެފަރާތުން ދެއްވި '50 އަހަރުގެ ޓޫރިޒަމް' އެވޯޑް ލިބުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައިއެކުންފުނީގެ ހިއްސާ އަގުވަޒަންކޮށް ދެއްވި އެވޯޑްތަކަށް ދިވެހި ސަރުކާރަށާއި ފަތުރުވެރިކަމުގެސިނާއަތަށްވެސް ދިރާގުންވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން،ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްޤީކޮށް ޒަމާނީ އައު ބަދަލުތަކެއް ދިވެހި ފަތުރުވެރިކަމަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު