ރާއްޖޭގެ އެންމެ ރީތި އެންމެ ތަފާތު ރިސޯޓްތަކުގެ ތެރެގޭގައި ހިމެނޭ މާލެއާ އެންމެ ކައިރި ރިސޯޓަކަށް ވާނީ ސައި ލެގޫން މޯލްޑިވްސް އެވެ. ގިނަބަޔަކު މި ރިސޯޓް ހިޔާރު ކުރަނީ ރީތި މޫދެއް ލިބިފައިވާތީ އާއި އެހެން މީހުންނާއި ދުރުގައި ވަގުތު ހޭދަ ކުރަން ބޭނުންވާ ފަރާތްތަކަށް ތިބެވޭނެ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ތަނަކަށް މި ރިސޯޓް ވާތީއެވެ. މި ރިސޯޓްއަކީ ދެމަފިރިންނާއި، ހަނީމޫން ހޭދަކޮށްލަން އަންނަ ގިނަބަޔަކަށްވެސް އެންމެ ކަމުދާ ރިސޯޓަށް ވަނީ ވެފައެވެ. ސަބަބަކީ މި ރިސޯޓުގައި ދެމަފިރިންނަށް އެ ލިބޭ އަމިއްލަ "ޕްރައިވެސީ" ހާއްސަ މެހެމާންދާރީއާއިވެސް އެކުގައެވެ.

ސައިލެގޫން ރިސޯޓްގެ ބީޗް ވިލާގެ އެތެރެއާއި ބޭރުގެ ވަށައިގެންވާ މާހައުލު ރީޑިޒައިންކޮށް، ތަފާތު އާ ބަދަލެއް މި ވަނީ ގެނެސްފައެވެ.

ސައި ލެގޫން ރިސޯޓް

އެ ރިސޯޓްގެ ބީޗް ވިލާ ތަކަށް ގެނައި އެންމެ ހިތްގައިމު ބަދަލަކަށް ވާނީ ބީޗް ވިލާތައް ޖޫނިއަރ ޕޫލް ސުއިޓްތަކަށް ބަދަލު ކުރުމެވެ. މި ތަފާތު ސުއިޓްގައި އެއް ކޮޓަރި ހުންނައިރު، ވަކިން އިންނަ ސިޓީންގ ރޫމަކާއި "ޕްރިވެޓް ޕާޓިއޯ" އާއެކު ޕްރައިވެޓް ޕޫލެއްވެސް ގާއިމް ކޮށްފައިވެއެވެ. އަދި މި ސުއިޓް ފަރުމާކޮށްފައި ވަނީ މޫދާއިވެސް ގުޅޭ ގޮތަށެވެ.

މި ހިތްގައިމު ބަދަލު 12 ކޮޓަރިއަކަށް ގެނެސްފައިވާއިރު، އާ ވިލާތަކުގެ ކޮޓަރިވެސް ތަނަސްވާނެއެވެ. އަދި ކިންގ ސައިޒްގެ އެނދު ބަހައްޓާފައިވާއިރު، ބޭރުގައި ގާޑެން ވިއު ފެންނަހެން ފާހާނާ ގާއިމް ކޮށްފައި ވެއެވެ. އެހެންކަމުން މިއީ ދެމަފިރިންނާއި، އަލަތު ކައިވެނީގެ ރާހަތު ހޯދުމަށް ދަތުރު ކުރާ ދެމަފިރިންނަށް އެންމެ އެކަށޭނެ، އެންމެ އުފާވެރި މާހައުލަށް ވެގެން ދާނެ ކަމާއި މެދު ޝައްކެއްވެސް ނެތެވެ.

ސައި ލެގޫންގެ ބީޗް ވިލާގެ ކޮޓަރި

އެ ރިސޯޓް އިން ފާހަގަކުރިގޮތުގައި، 12 ތަނަވަސް ވިލާ އަލުން ފަރުމާކޮށްފައިވަނީ ރީތި ލަކުޑި ޑެކާއި އަދި ޕޫލްވެސް ހިމެނޭ ގޮތަށެވެ. އަދި ކޮޓަރީގައި ފަތުރުވެރިންނަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ބަހައްޓާފައިވެއެވެ.

ސައި ލެގޫންގެ ބީޗް ވިލާ ކޮޓަރި

"ދުނިޔޭގެ އެކި ކަންކޮޅުތަކުން މެހެމާނުންނަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންގެ ޝަރަފެއްގެ ގޮތުގައި ދެމިއޮތް ކަމެއް، އަދި މި އާ ކަންކަމުގެ ސަބަބުން ހުރިހާ ފަތުރުވެރިންނަށްވެސް ތަޖުރިބާތައް ވަރަށް ބޮޑަށް ރަނގަޅުވެ މަތިވެގެންދާނެ،" ސައި ލޭގޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާ ވިލާތަކުން ރިސޯޓް ބަދަލުވެ، ލަގްޒަރީ މިންގަނޑުތަކަށްވުރެ ފަހަނައަޅައި ދާނެ ކަމަށެވެ.

"ސައީ ލޭގޫން މޯލްޑިވްސްގެ އާ ބާބުން ދައްކުވައިދެނީ ތަފާތު ހިދުމަތާއި ފަތުރުވެރިންގެ ތަޖުރިބާތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާ ވައުދުތައް". އޭނާ ވިދާޅުވިއެވެ.

މި ރިސޯޓަށް ބަލާއިރު، އޯޝަން ވިއު އިންފިނިޓީ ޕޫލާއި ފިޓްނަސް ސެންޓަރ ގާއިމް ކޮށްފައި ވެއެވެ. އަދި ވޯޓާރ ސްޕޯޓްސް ހަރަކާތްތްތަކާއި، ރީކްރިއޭޝަނަލް ފެސިލިޓީތައް ސައި ލެގޫންގައި ހުރެފައި ހިނގާފައި ދެވޭ ކްރޮސްރޯޑްސްގެ ދަ މެރީނާގައި ގާއިމްކޮށްފައި ވެއެވެ. އަދި ޕަޑި ސްޓިފައިޑް ވޯޓާ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރުން ކޮންމެ ދުވަހަކުވެސް ތަފާތު އެކްސްކާޝަންތަކާއި، މޫދު އަޑީގައި ޕްރައިވެޓް ޓުއަރތައްވެސް ބާއްވާނެ އެވެ.

މެރިން ޑިސްކަވަރީ ސެންޓަރުން ގެސްޓުންނަށް އެ ރިސޯޓުގެ ފުޅާ ދާއިރާއެއްގައި ކޮންޒަވޭޝަންގެ ހަރަކާތްތައް ދަސްކޮށްދޭއިރު، މީގެ އިތުރުން ލެއިން ބީ ވެލް ސްޕާ އިން ސްޕާގެ ހިދުމްތަތަކާއި، ޖޫނިއަރ ބީޗް ކްލަބް ފަދަ ތަންތަންވެސް ސައި ލެގޫންގައި ހުރެފައި ދެވޭނެއެވެ.

މީގެ އިތުރުން ކްރޮސްރޯޑްސްގެ އިވެންޓް ހޯލްގައި ތަފާތު އިވެންޓްތައް ބޭއްވޭއިރު، ތަފާތު ބޮޑެތި ހަރަކާތްތައް ބޭއްވެއެވެ.

ސައި ލެގޫން އިން ސްކޫލް ހަފްތާ ބަންދުގައި ހާއްސަ އަގުތަކެއްވެސް ކަނޑައަޅާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ރެއަކަށް 199 ޑޮލަރު ހަރަދުކޮށްގެން ސްކައި ރޫމްގައި އާއިލާ އާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރެވޭނެއެެވެ.

ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަންއިން ހިންގަމުންދާ ސައި ލޭގޫން މޯލްޑިވްސްއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ގުޅާނީ 6651300 އަށެވެ. ނޫނީ ވެބްސައިޓް މެދުވެރިކޮށްވެސް އެ މައުލޫމާތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބުދުﷲ

    ވަރަށް ސަޅި، ވަރަށް ހިތްގައިމު، އުމީދު ކުރަން ދިވެހިންނަށް ރަނގަޅު ގޮތުގައި ޗުއްޓީ ހެދޭނެކަމަށް..

  2. އަޅުވެތި

    ތިޔަ ރިޒޯޓުތަކަކަކީ ދިވެހިރައްޔިތުންގެ މިލްކު. ދިވެހި ރައްޔިތުންގެ މުދާ. އެކަމަކު ދިވެހި އެއްވެސް ރައްޔިތަކަށް ތިއިން ރިޒޯޓަކުން ލިބޭ މާލީ މަންފާއެއް ނެތް. މަންފާއެއް ލިބޭއިރަށް ދާނީ ބޭރުގެ ކުންފުންޏަކަށް. ބޭރު މީހެއްގެ ޖީބަށް. ރިޒޯޓް ހިއްސާ ދިވެހިންނަށް ނުދީ ރިޒޯޓް ނުހިންގޭ ގޮތަށް މިހާރު ބަދަލުކުރަންވެއްޖެ. އެހެން ނޫނީ ދުވަހަކުވެސް ޑޮލަރުގެ ފަހަތުން ސަލާންޖެހުން ނުހުއްޓޭނެ. ރައްޔިތުންގެ ކިބައިން ނިކަމެތިކަމާއި ފަގީރުކަން ފިލައިގެން ނުދާނެ.

  3. މޑދދދ

    މަށާ ބެހޭ ކަމެެއްތަ ކިތަންމެ ރިޒޯރޓެއް އެޅިޔަސް... ނުދެވޭ ވިއްޔާ