ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ހޮންކޮންގްގެ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައިވާ ކުރެޑިޓް ރޭޓިންގ ބީ މައިނަސްގައި މިފަހަރުވެސް ދަމަހައްޓައިފިއެވެ.

ފިޗް އިން ރާއްޖެ އަށް ފުރަތަމަ ކުރެޑިޓް ރޭޓިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ފިޗުން ރާއްޖެ އަށް ފުރަތަމަ ދިނީ "ބީ ޕްލަސް" ރޭޓިން އެވެ. އެއީ އިގްތިސާދީ ދުވެލީގެ ތަސައްވުރު ރަނގަޅު ވުމާއި ބާރު ދުވެލީގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުން ދިއުން އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވާތީއެވެ.

އޭގެ ފަހުން 2020 ފިޗް އިން ރާއްޖެއަށް ދިން ރޭޓީން ސީސީސީ އަށް ވަނީ ދަށްކޮށްފައެެވެ. ނަމަވެސް 2021 ވަނަ އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ބީ މައިނަސްއަށް ވަނީ އަޕްގްރޭޑް ކޮށްފައެވެ.

ފިޗް އިން މިފަހަރު ރާއްޖެއަށް ދިން ރޭޓީންގއާ ގުޅޭގޮތުން ބުނެފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19ގެ ކުރީގެ ހާލަތަށް ރުޖޫއަވަމުން އައި ނަމަވެސް ރާއްޖޭގެ ބޭރުގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތައް ރާއްޖެއަށް ކުރަމުން އަންނަ ކަމަށެވެ.

އަދި ބޭރުގެ ފައިސާގެ ރިޒާވް ދަށަށް ދިއުމާއި، ދައްކަން ޖެހޭ ދަރަނީގެ މިންވަރު އިތުރު ކަން ފިޗް އިން ފާހަގަކޮށްފައި ވެއެވެ.

ފިޗްގެ ރޭޓިންގ އާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ފިޗްއިން ނެރުނު ރިޕޯޓްގައި ރާއްޖޭގެ ރޭޓިންގ އެއް ހަމައެއްގައި ހިފަހައްޓާލެވިފައިވާ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އިގްތިސޯދީ އައުޓްލޫޓް “ނެގެޓިވް” ވަމުންދާތީ ރާއްޖޭގެ އައުޓްލޫކްވެސް އިނީ ނެގެޓިވްގައި ކަމަށް އަމީރު ވިދާޅުވިއެވެ.

ފިޗްގެ ރޭޓިން ރަނގަޅު ނަމަ ދުނިޔޭގެ ބޮޑެތި ބޭންކްތަކުންނާއި ގައުމުތަކުން ލޯނު ނެގުމަށް ރާއްޖެ އަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެއެވެ. އެހެންކަމުން ފިޗްގެ ރޭޓިން ދައްކުރުމުން ދަރަންޏަށް ފައިސާ ހޯދުމުގައި ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެންގެ ފިނޭންސް މިނިސްޓަރަށްވުރެ މޮޅު މީހަކު ނުހުންނާނެ. މާދަމާ ކޮންމެވެސް ބަޔާނެއް ދީފައި ތި ވާހަކަ ހަކުރަށް ހަދާލާނެ.

  2. ޓެކްސް

    "ފިޗް އިން ރާއްޖެ އަށް ފުރަތަމަ ކުރެޑިޓް ރޭޓިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ފިޗުން ރާއްޖެ އަށް ފުރަތަމަ ދިނީ "ބީ ޕްލަސް" ރޭޓިން އެވެ. އެއީ އިގްތިސާދީ ދުވެލީގެ ތަސައްވުރު ރަނގަޅު ވުމާއި ބާރު ދުވެލީގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުން ދިއުން އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވާތީއެވެ. އޭގެ ފަހުން 2020 ފިޗް އިން ރާއްޖެއަށް ދިން ރޭޓީން ސީސީސީ އަށް ވަނީ ދަށްކޮށްފައެެވެ."

    ދެން އަތްޖަހާ އެމްޑީޕީ މަރުމޯލުތައް!

  3. ދަރަނި ދަންތުރަ

    ފިނޭންސް މިނިސްޓަރ އަމީރު އެއީ ބުރާންޗެއް ، އެބުރާންޗަށް ވާނުވާނޭންގޭ ގައުމު ބަގުރޫޓުވާއިރުވެސް އަނގަފޭކުރޭ