ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީއެވޯޑް ދިނުމުގެ ހަފްލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

މި އެވޯޑްތައް ދީފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާއެއްގައެވެ.

އެގޮތުން މި އެވޯޑް ހަފާލްގާއި ހަސަން އަޤްލީމް (ނޯތު ކްލަސްޓަރ މެނޭޖަރ) އަދި މުޙައްމަދު އަޝްރަފް (ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް) ވަނީ ޝަރަފުވެރި އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ.

އަދި ފާތިމަތު ފާރިހަތު ވަޙީދު (ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަރނަންސް) އާއި ޢަބުދުﷲ ޞަބާޙް (ސީނިއަރ މެނޭޖަރ، ޕްރީމިއަމް ބޭންކިންގ) ގެ އިތުރުން ބީއެމްއެލް މޯބައިލް އެޕް ޓީމް ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ.

ބީއެމްއެލްގެ އެވޯޑް ހަފްލާގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

އޭގެ އިތުރުން، މުޙައްމަދު ސަޢީދު (ފަބްލިކް ރިލޭޝަންސް މޭނޭޖަރ) ވަނީ ބެސްޓް ލީޑަރ އެވޯޑް ހޯދާފައެވެ. އަލީ ޒައިދު މުޙައްމަދު (ކޮމްޕްލައަންސް މެނޭޖަރ) ވަނީ ބެސްޓް މެނޭޖަރ އެވޯޑް ހޯދާފައެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ.

ބީއެމްއެލްގެ އެވޯޑް ހަފްލާގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެއެވެ. މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން އާއި ބޭންކުގެ ބޯޑުގެ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވަނީ ހުރިހާ މުވައްޒަފުންވެސް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ.

ބީއެމްއެލްގެ އެވޯޑް ހަފްލާގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

"އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަސް މިއަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުންދާއިރު ފާއިތުވި އަހަރުތަކުގައި ބޭންކުގެ ކާމިޔާބީ އާއި ކުރިއެރުމުގެ ހަގީގީ ބާނީންނަކީ މުވައްޒަފުން. މުވައްޒަފުންގެއަގުވަޒަންކުރުމަށް، މެދުކެނޑުމެއްނެތި މިފަދަ ހަފްލާ ބޭއްވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް." އޭނާ ވިދާޅުވިއެވެ.

ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބަޔަކެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަ ގުރޭޓް

    ބީއެމްއެލް އެކައުން ތަކުގައި ފައިސާ ބަހައްޓަން ބިރުގަންނަ ހިސާބައް ގޮސްފި. ޢެކައުންޓްގަ ހުރިފައިސާ އެހެން އެކައުންޓަކައް އަހައްނައް ނޭގި ޓުރާންސްފާ ކޮއްފަހުރީ އަދިވެސް މިއުޅެނީ އެފައިސާ ނުލިބިގެން މީ މިހާރު އެތައް ބައެއްގެ ޝަކުވާ މިކަންކަން ވީހާ އަވަހަކައް ހައްލުކުރުމައް ބީއެމްއެލް މެނޭޖުމެންޓައް އިލްތިމާސް ކުރަން.