ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ އައު އެޑް-އޮންއެއް ތަޢާރަފްކޮށްފިއެވެ. މި އޮފާރގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 16 ޖީބީ އެންމެ 275 ރުފިޔާއަށް ލިބޭނެއެވެ.

30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ލިމިޓަޑް ޓައިމް އެޑް-އޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް '16ޖީބީ' ޖަހާފައިއެސްއެމްއެސް ކޮށްލައިގެންވެސް ނެގޭނެއެވެ.

މި އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފައެވެ.

ދިރާގު ކޮމްބޯ ޕްލޭންސްމިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
މަމެން ޒުވާނުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާލިބޭނޭގޮތް މަގުފަހިކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު