ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ތިރީގައިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ލިބޭއިރު، ޕްރޮމޯޝަން ނިމޭއިރު، 50 ފަރާތަކަށް 2،500 ރުފިޔާ ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ 16 އޮކްޓޯބަރު އިން ފެށިގެން 16 ނޮވެމްބަރު 2022 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ގައިހުންނާނެއެވެ.

މީގެ އިތުރުން އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިފައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވެދުން

    ކުރީފަހަރު ވެސް އަހަރެމެން ލައްވާ ތިކަހަލަ އެކައުންޓް ތަކެއް ހުޅުވި. އެޔަށް ފާއިސާ ވެސް ލިން. އެކަމް ފަހުން ފައިނޭޝަލް ތާށިކަމެއް ދިމާ ވެގެން ލާރި ނުލެވި ހުއްޓާ އެކައުންޓް ވެސް ވުޖޫދުން ފޮހެލާ، ލާރިކޮޅަށްވީ އެއްޗެއްވެސް ނޭގެޔޭ ތިތާ މުވައްޒަފުން ބުނީ.
    މިފަހަރު ވެސް ޖީބުގަ އޮތް މަދު ލާރިފޮތި ނަގަން ޖީބު ކޮއްޓަން ތިފެށީ. މިރާއްޖޭގެ ފައިނޭޝަލް ސިސްޓަމަކީ ފެއިލް ވެފައި އޮތް އެއްޗެއް. ހުރިހާ ވެސް މޮޅެއް އިނގިލިން ގުނާލެވޭ ވަރުގެ މަދު މީސްކޮޅަކަށް. ހުރިހާ ކަމިޝަނެއް ބޭންކުތަކުގެ ވުވައްޒަފުންނަށް. މަމެންނަށް މޮކޮސް.