ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ "މެރިން އިކުއިޕްމެންޓްސް" އިން ލައިފްރާފްޓްސް ވިއްކަން ފަށައިފިއެވެ.

ކަނޑުމަތީގައި ހާލުގައި ޖެހިގެން އުޅަނދު ދޫކޮށްލަން ޖެހޭފަދަ ހާލަތެއްގައި މި ފްލޯޓިންގ ޑިވައިސް ނުވަތަ ލައިފް ރާފްޓްގެ އެހީގައި ކަނޑުމަތީގައި ގިނަ ވަގުތު ތިބެވޭނެއެވެ.

އެހެންކަމުން މިއީ ކަނޑުމަތީގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވޭނެ މުހިންމު އާލާތަކަށް ވެގެން ދާނެއެވެ. ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ފުރިހަމައަށް ތައްޔާރުމަށް ލައިފް ރާފްޓެއް ބޭއްވުމަކީ ވަރަށްވެސް ބުއްދިވެރި ކަމެކެވެ. ސަބަބަކީ ހާލަތެއް މެދުވެރި ވާނީ ކޮން އިރަކު ކިހާ ނުރައްކާތެރިކޮށް ކަމެއް އެއްވެެސް މީހަކަށް ނޭނގޭނެތީ އެވެ.

އެގޮތުން ބޯޓު އަޑިއަށް ދިއުން ފަދަ ނުރައްކާތެރި ހާލަތެއްގައި އުޅަނދު ދޫކޮށްލަން ޖެހޭ ކަހަލަ ހާދިސާއެއް ދިމާވެއްޖެނަމަ އެންމެ އަވަހަށް މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ސަލާމަތީ އާލާތަކަށް ލައިފްރާފްޓް ވާނެއެވެ. އަދި ކޯސްޓްގާޑް ނުވަތަ ސަލާމަތް ކުރަން އަންނަ ފަޜާތްތަކުން އައުމާ ހަމައަށް ރައްކާތެރިކޮށް ތިބެވޭނެ ކަމުގެ ޔަގީންކަން މިފަދަ އާލާތެއް ބޭނުން ކުރުމުން އިތުރުވާނެއެވެ.

ސަފާރީ އާއި ޔޮޓް ނޫނީ އެ ނޫންވެސް އުޅަނދު ފަހަރުތަކުގައި މިހާރުވެސް ލައިފްރާފްޓްސް ބޭނުން ކުރެއެވެ.

މެރިން އިކުއިޕްމެންޓްސް އަށް ބަލާއިރު، އެ ފިހާރައިން ހަތަރު ސައިޒެއްގެ ލައިފްރާފްޓްސް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މަތި ހިޔާކޮށްފައި ހުންނަ ލައިފްރާފްޓްސްއެއް ވެސް ހިމެނެއެވެ. މަތި ހިޔާކޮށްފައި ހުންނަ ލައިފްރާފްޓްސްގެ ވައްތަރަކީ 12 މީހުންގެ ޖާގައިގެ އެއްޗެކެވެ.

އޭގެ އިތުރުން މެރިން އިކުއިޕްމެންޓްސްގައި 20 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓާއި 30 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓްސްއާއި، 50 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓްސް ލިބެން ހުންނާނެއެވެ.

އެ ލައިފްރާފްޓްސްއާއެކު މުހިންމު އެތައް ޕްރޮޑަކްޓްތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހޭންޑް ފްލެއަރ އާއި ރޮކެޓް ޕެރެޝޫޓް ފެލެއަރ އާއި ޑޭލައިޓް ސިގްނަލް މިރާ، ސަވައިވާ މެނުއަލް ފޮތަކާއި، ސަވައިވަލް ސިގްނަލް ދިނުމާއި ގުޅޭ މައުލުމާތައި، ސީސިކްނެސް ބޭގްސް އާއި އިންފްލޭޝަން ޕަމްޕް އާއި ސްޕޮންޖ އާއި، ގޮއްވާކަށިގަނޑާއި، ފެން ނުވަންނަ ޓޯޗަކާއި، ރިޕެއަރ އައުޓްފިޓް އާއި ޕެޑެލް އާއި އެންކަރާއި، ލައިޓް އަދި ލިތިއަމް ބެޓަރީ ފަދަ މުހިންމު އެތައް އެއްޗެއް ލިބެން ހުންނާނެ އެވެ.

މެރިން އިކުއިޕެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ލައިފްރާފްޓްސްއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ނޫނީ ގަތުމަށް ގުޅާނީ 3338820 އަށެވެ.

މެރިން އިކުއިޕްމެންޓްސް ފިހާރަ ހުންނާނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ) ގައެވެ.