ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުން ކުރާ މަތީ ފަންތީގެ ލޯންޗެއްގައި ފުރަތަމަ ފަހަރަށް "ސޯލާ ނިޒާމް" ހަރުކޮށް އޮޕަރޭޝަނަށް ގެނެސްފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ މެރިން އިކުއިޕެމެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ވިކްޓްރޯން ބްރޭންޑްގެ ސޯލާ ނިޒާމް ފުރަތަމަ ފަހަރަށް ސްޕީޑް ލޯންޗެއްގައި ހަރުކޮށްފައިވާއިރު، މީގެ ސަބަބުން ލޯންޗަށް ބޭނުންވާ ހުރިހާ ކަރަންޓެއް ފޯރުކޮށްދެމުން ދަނީ އަވިން ހަކަތަ އުފައްދައިދޭ މި ނިޒާމުންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ލަގްޒަރީ ލޯންޗެއްގައި ފުރަތަމަ ފަހަރަށް "ސޯލާ ނިޒާމް" ހަރުކޮށްފައި - ފޮޓޯ: މެރިން އިކުއިޕްމެންޓްސް

މި ލޯންޗަކީ އެއްކޮށް އެއަރ ކޮންޑިޝަން ހަރުކޮށްފައިވާ ޓީވީ، ފްރިޒާ އަދި ކޮފީ މެޝިން ބޭނުން ކުރަމުން އަންނަ ލޯންޗެއް ނަމަވެސް މުޅި ލޯންޗް އޮޕަރޭޓް ކުރަމުން ދަނީ އަވިން ހަކަތައިންނެވެ.

މީގެ ސަބަބުން މުޅި އުޅަނދު ވެގެން ދާނީ %100 ސޯލާ ޕަވާޑް ލޯންޗްއަކަށެވެ.

މީގެ ކުރިން ޖެނެރޭޓާރު ބޭނުންކޮށްގެން ލޯންޗް ފަހަރުތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ރާއްޖޭގެ ލަގްޒަރީ ލޯންޗެއް

މި އާ ސޯލާ ނިޒާމް މެދުވެރިކޮށް، ކަނޑު އުޅަނދު ފަހަރުތަކަށް އަވިން ކަރަންޓް ފޯރުކޮށްދެވޭއިރު، އަވިން އުފައްދާ ކަރަންޓް ރައްކާ ކުރުމަށް މި ސޯލާ ނިޒާމްގެ ތެރެއިން ކަނޑު އުޅަނދު ފަހަރުގައި ބެޓަރީއެއް ބަހައްޓާފައި ހުންނާނެއެވެ. މީގެ ސަބަބުން ޖެނެރޭޓަރު ބޭނުން ކުރަން ނުޖެހޭއިރު، އެކަމުގެ ފައިދާއެއްގެ ގޮތުން އެއަށް ދާ ތެލުގެ ހަރަދު %100 ކެނޑިގެން ދާނެއެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް މުޅި އުޅަނދު ފަހަރަށް ހަކަތަ ލިއްބައިދީ އޮޕަރޭޓް ކުރެވިގެން ދާނެއެވެ.

ވިކްޓްރޯން ސޯލަރ ނިޒާމު އިންސްޓޯލް ކުރުމަށްފަހު އޭގެ ސްޓޭޓަސް އާއި އަދި ބެޓެރީ ސްޓޭޓަސް މި ލިންކް މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ.

މި ޕްރޮޑަކްޓާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް މެރިން އިކުއިޕެމެންޓްސްގެ ފޯނު ނަމްބަރު 3338820 އަށް ގުޅައިގެން ނޫނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ) ގައި ހުންނަ ފިހާރައަށް ޒިޔާރަތްކޮށްލާށެވެ. ނޫނީ ވެބްސައިޓް މެދުވެރިކޮށްވެސް ޕްރޮޑަކްޓްތަކާއި ގުޅޭގޮތުން މައުލޫމާތު ލިބިގެން ދާނެއެވެ.