ރާއްޖޭގެ ކަނޑު އުޅަނދު ފަހަރަށް ހާއްސަ އެކި ވައްތަރުގެ ބެޓެރީ ގަންނަންބޭނުންވާނެ އެތައް ބަޔަކު ތިބޭނެއެވެ. ބެޓެރި އާއި ބެހޭ މައުލޫމާތާއި، ބެޓެރިފަސޭހައިން ގަންނަށް ލިބޭނެ ތަނެއް ހޯދުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމެއްނޫނެވެ. ފަސޭހައިން މިފަދަ ޕްރޮޑަކްޓްތަކެއް ހޯދަން ބޭނުންވާނަމަ ރާއްޖޭގެ ކަނޑުއުޅަނދު ފަހަރުތަކަށް ހާއްސަތަކެތި ވިއްކާ މެރިން އިކުއިޕްމެންޓްސް އަކީ އެންމެރަނގަޅު ހޮވުމަށް ވާނެއެވެ. އެ ފިހާރައިން ލިބެން ހުންނަ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ބެޓެރީތަކުގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށްވެސް ބަލައިލެވޭނެއެވެ.

އެ ފިހާރައިގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ މެއިންޓެނަންސް ފްރީ ބެޓެރި، ޖެލް ބެޓެރި، އޭޖީއެމް ބެޓެރީ އަދި ލިތިއަމް ބެޓެރި ލިބެން ހުންނާނެއެވެ.

ރާއްޖެއަށް މިފަދަ ބެޓެރީތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއީ ރާއްޖެއަކީ ވަށައިގެންކަނޑު އޮންނަ ގައުމަކަށް ވެފައި، ރަށްތަކާއި ރިސޯޓްތައް ދުރުދުރުގައި އޮންނާތިއެވެ. މިހެންވުމުން މެރިން އެޕްލިކޭޝަންތަކުގައި ބެޓެރީ ބޭނުންކުރާ މިންވަރު މިފަހަކަށްއައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

މިފަދަ ބެޓެރީތަކަކީ އަޑެއް ނުހުންނަ, ތިމާވެއްޓަށް ގެއްލުން ދޭ އެއްވެސް މާއްދާއެއްބޭރު ނުކުރާ، އާދަޔާ ހިލާފު ފޮސިލް ފިއުލް އިން ދުއްވާ އިންޖީނުތަކަށް ތިމާވެއްޓާރައްޓެހި ގޮތެއް ގެންނަ ޕްރޮޑަކްޓްތަކެކެވެ.

މެރިން އިކުއިޕްމެންޓްސްއިން ލިބެން ހުންނަ ކަނޑުއުޅަނދު ފަހަރުތަކަށް ހާއްސަ ބެޓެރީ

އެހެންކަމުން ރާއްޖެ ފަދަ ކަނޑުގެ ދިރުންތައް ގިނަ، ނާޒުކު ވެފައިވާ ގައުމެއްގެ ކަނޑުއުޅަނދުފަހަރުތަކަށް ބެޓެރީ ބޭނުންކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާބަންފުޓްޕްރިންޓް ކުޑަކޮށް ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ކަނޑުމަތީ އުޅަނދުފަހަރަށް ބޭނުންކުރާ މިފަދަ ބެޓެރިތަކަށް ބަލާއިރު:

ފްލަޑެޑް ލެޑް އެސިޑް ބެޓަރީ: މި ވައްތަރުގެ ބެޓަރީސް އާއްމުކޮށް މެރިންއިންޑަސްޓްރީގައި ބޭނުންކުރަނީ އަގު ހެޔޮ ކަމަށް ފެންނާތީ އާއި އިތުބާރުކުރެވޭތީއެވެ. މިއީ ކުދި ބޯޓުފަހަރާއި ޔޮޓާއި އެހެނިހެން އުޅަނދުފަހަރަށް އެކަށީގެންވާވަރަށް ބާރުގަދަ ބެޓަރީއެކެވެ.

ސީލްޑް ލެޑް އެސިޑް ބެޓެރީ: މިއީ މެރިން އިންޑަސްޓްރީގައި މަގުބޫލު އަނެއްޗޮއިސްއެވެ. މި ބެޓެރީ އެހާ މަގުބޫލު ވަނީ ގިނަ ދުވަހު ބޭނުން ކުރެވުމާއެކު، މެއިންޓެނެންސް ހަރަދުތައް ކުޑުވުމުގެ ސަބަބުންނެވެ. މި ބެޓެރީތަކަކީ މެރިންއެޕްލިކޭޝަންތަކަށް ވަރަށް ރަނގަޅު ބެޓެރީގެ ވައްތަރަކަށް ވާއިރު، އެ ބެޓެރީތައް ބަންދުކޮށްފައި ހުރުމުން ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ލީކުވުމެއް ނޫޅޭނެއެވެ.

މެރިން އިކުއިޕްމެންޓްސްއިން ލިބެން ހުންނަ ކަނޑުއުޅަނދު ފަހަރުތަކަށް ހާއްސަ ބެޓެރީ

ލިތިއަމް-އަޔަން ބެޓެރީ: މިއީ ކަނޑު އުޅަނދު ފަހަރުގައި ބޭނުން ކުރާ އާދައިގެބެޓެރީތަކަށް ވުރެ ގިނަ ފައިދާތަކެއް ލިބޭ އާ ޓެކްނޮލޮޖީއެކެވެ. އެގޮތުން މި ވައްތަރުގެބެޓެރީ ލުއި ވާނެއެވެ. އަދި ކޮމްޕެކްޓް އެއްޗަކަށް ވުމުން ކުދި ދޯނިފަހަރާއިޔޮޓުތަކުގައި ބޭނުންކުރަން އެންމެ ކަމުދާ ވައްތަރުގެ ބެޓެރީއަށް ވާނެއެވެ. އަދިމިއީވެސް އުމުރު ދިގު، މެއިންޓެނެންސް ހަރަދު ކުޑަ، އަދި އާދައިގެ ބެޓެރީތަކަށް ވުރެފުރިހަމައަށް ހަކަތަ ފޯރުކޮށްދޭ ބެޓެރީގެ ވައްތަރެކެެވެ.

ޖެލް ބެޓެރީ: މިއީ ލިކުއިޑްގެ ބަދަލުގައި ޖެލް އިލެކްޓްރޯލައިޓްސް ބޭނުންކުރާ ސީލްޑްލެޑް އެސިޑް ބެޓެރީގެ ވައްތަރެކެވެ. މިއީ ރިލައިބިލިޓީ އާއި ދެމެހެއްޓެނިވި ގޮތުން ލެޑް-އެސިޑް ބެޓެރީތަކާއި އެއްގޮތް ބެޓެރީތަކެއް ނަމަވެސް މެއިންޓެނެންސް އެއްވެސްވަރަކަށް ކުރަން ނުޖެހޭ ވައްތަރުގެ ބެޓެރީއެކެވެ. އަދި މިއީ ސްޕިލް ޕްރޫފްގެވައްތަރެއްކަމުން މިއީ ލިބިގެން ދާނެ އިތުރު ފައިދާ އެކެެވެ.

މެރިން އިކުއިޕްމެންޓްސްއިން ލިބެން ހުންނަ ކަނޑުއުޅަނދު ފަހަރުތަކަށް ހާއްސަ ބެޓެރީ

މެރިން އިންޑަސްޓްރީގައި ބެޓެރީ ބޭނުންކުރުމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭކަމެއް ކަމަށް މާހިރުންވެސް ބުނަމުން ދެއެވެ. އަދި މިއީ ރާއްޖެ ފަދަ ނާޒުކުތިމާވެއްޓެއް އޮތް، އަދި އެ ތިމާވެށި ހިމާޔަތް ކުރަން ޖެހޭ ތަނެއްގައި، މިފަދަ ބެޓެރީގެތަފާތު ޕްރޮޑަކްޓްތައް ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން، ބޯޓުތަކުގެ ވެރިންނާއިމެރިން އިންޑަސްޓްރީގެ ތަޖުރިބާކާރުން އެމީހުންގެ ބޭނުންތަކަށް އެންމެ ރަނގަޅުބެޓެރީ އިހްތިޔާރު ކުރެވޭނީ ހަރަދާއި ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަމުގެޔަގީންކަން އޮތުމާއި، ހަކަތައިގެ މިންވަރަށް ބަލައިގެންކަން ފާހަގަކޮށްލެވެއެވެ.

މެރިން އިކުއިޕްމެންޓްސްއިން ލިބެން ހުންނަ ކަނޑުއުޅަނދު ފަހަރުތަކަށް ހާއްސަ ބެޓެރީ

މެރިން އިކުއިޕްމަންޓްސްއިން އެތެރެ ކުރާ މިފަދަ ބެޓެރިތަކަކީ ކަސްޓަމަރުންގެ ފުރިހަމަ އިރުބާރު ހޯދާފައިވާ ގިން ދުވަހު ބޭނުން ކުރެވޭ ބެޓެރި ތަކެކެވެ. އެ ކުންފުނީގެ ޝޯރޫމަށް ޒިޔާރަތްކޮށްލުމުން މި ބުނެވުނު ޒާތުގެ ބެޓެރީގެ އިތުރުން ކަނޑު އުޅަނދުފަހަރަށް ބޭނުންކުރާ ތަފާތު އެތައް ބާވަތެއްގެ ތަކެތި ފެނިގެންދާނެ އެވެ.