މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތްައް ވިއްކަމުން އަންނަ މެރިން އިކިއުޕެމެންޓްސްއަށް "ގޯލްޑް 100" އެވޯޑް ލިބިއްޖެއެވެ.

މެރިން އިކިއުޕެމެންޓްސްއަކީ 2006 ވަނަަ އަހަރުން ފެށިގެން ކަނޑު އުޅަނދު ފަހަރު ގެންގުޅޭ ފަރާތްތަކުގެ އެކުވެރިޔާއެވެ. އެ ކުންފުނިން އެއިރުން ފެށިގެން، ކަނޑު އުޅަނދުފަހަރުތަކަށް ހާއްސަ އެއިރުގެ އެންމެ ވަރުގަދަ އަދި އެންމެ ފަހުގެ ޕްރޮޑަކްޓްތައް ގެނެސް ވިއްކަމުން ދިޔައެވެ. އަދި މިހާރު އެ ކުންފުނިން އިތުރަށް ފުޅާވެ، މެރިން މާސްޓާރގެ ނަމުގައި ހުޅުމާލޭގައިވެސް ވިޔަފާރި ކުރަން ފެށިއެވެ.

ރާއްޖޭގެ ކަނޑުގެ އިންޑަސްޓްރީ ވަރަށް ބޮޑަށް ދަންނަ ތަޖުރިބާކާރުންގެ މި ވިޔަފާރި ވެގެން ދިޔައީ، މެރިން އިންޑަސްޓްރީއަށް ހެޔޮ ޒަމާނީ ބަދަލުތަކެއް ގެނެސްދިން ބަޔަކަށެވެ. ޒަމާނީ އުފެއްދުންތައް ދާއިރާއަށް ނެރެ ކަނޑު އުޅަނދު ފަހަރުތައް ޒަމާނަށް ފައްތާދިން ބަޔަކަށެވެ.

ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ "ގޯލްޑް 100 ގާލާ" ހަފްލާގައި މެރިން އިކިއުޕެމެންޓްސްއަށް ގޯލްޑް 100 އެވޯޑް ލިބިގެންދިޔައިރު، މިއީ ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުނިތައް ހޮވިިއިރު ލިބިގެންދިޔަ އެވޯޑެއްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މެރިން އިކިއުޕެމެންޓްސް ވެފައި ވަނީ ރާއްޖޭގެ ލީޑިންގ ކުންފުނިތަކުގެ ލިސްޓްގައި ހިމެނިފައެވެ.

މެރިން އިކުއިޕެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ މި ޒަމާނީ ރާޑަރާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ނޫނީ ޕްރޮޑަކްޓް ގަންނަން ގުޅާނީ 3338820 އަށެވެ.

މެރިން އިކުއިޕްމެންޓްސް ފިހާރަ ހުންނާނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ)ގައެވެ.