ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސެންޓްރަލް ޕާކްގައި ކުރިއަށްގެންދާ ސްމާޓްކޮމް ފެއާގައި ބައިވެރިވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) 1،000ރ. ވައުޗާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރުގެ މެނޭޖަރު ހަމީދު ވިދާޅުވީ ސްމާޓްކޮމް ފެއާގައި ބޭންކުން ބައިވެރިވެފައިވަނީ އިންޓަނެޓް ބޭންކިންގ އާއި ބެހޭ މައުލޫމާތު ދިނުމަށާއި ސްކޭމް އެވެއާނަސްއަށް ކަމަށެވެ.

"އިންޓަނެޓް ބޭންކިން ބޭންކުރުމުގައި ވަރަށް ގިނަ ބޭފުޅުންނަށް ދިމާވާ ކަމެއް ސްކޭމްތަކަކީ. އެހެންކަމުން ސްކޭމް އެވެއާނަސްގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބައިވެރިވީ". ހަމީދު ވިދާޅުވިއެވެ.

އަދި މިއީ ގިނަ ފަރާތްތަކުން ޒިޔާރަތް ކުރާނެތަނަކަށް ވުމާއެކު، ސްކޭމްތަކަށް އެފަރާތްތަކުން އަހުލުވެރި ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

އޭގެ އިތުރުން ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ބީއެމްއެލްގެ ފަރާތުން 1،000ރ. ގެ ވައުޗާއެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ "ސްމާޓްކޮމް" އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާގައި 27 ފަރާތަކުން ބައިވެރިވެ އެވެ.

ސްމާޓްކޮމް ފެއާ މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގަނޑު 20:00 އިން 22:00 އަށް ވެސް މި ފެއާ ކުރިއަށް ދާނެއެވެ. މި ފެއާ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދިވެހިންގެ ފައިސާ ވަގަން ނަގާ އަހަރިމެންގެ ލާރިކޮޅު ކާލާ ވަގު ބޭންކު