ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްެއެލް އިން ބުނީ، ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތައް ކަމަށެވެ.

އެގޮތުން ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ބޭންކް އިން ބުނެފައި ވެއެވެ.

ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ:

1. މުލަކު ސްކޫލް، މ. މުލައް
2. މަރަދޫ ސްކޫލް، ސ. މަރަދޫ
3. މާވަށު ސްކޫލް، ލ. މާވަށް
4. ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
5. ގއ. އެޑިއުކޭޝަން ސެންޓަރ، ގއ. ވިލިގިނލި
6. ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ތ. ތިމަރަފުށި
7. ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
8. ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
9. ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ނ. ވެލިދޫ
10. ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ބީއެމްއެލްއިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު