ދިރާގުން އެ ކުންފުނީގެ މޯބައިލް އެޕަށް އާ އަޕްޑޭޓެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ އެ އަޕްޑޭޓާއެކު ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް މުޅިން އާ ފީޗާތަކެއް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ އެކައުންޓްތަކާއި ހިދުމަތްތައް ފަސޭހަކަމާއެކު މެނޭޖްކޮށްލެވޭނެ ކަމަށް ބުނެފައިވެއެވެ.

އެ އަޕްޑޭޓާއެކު ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކުރިން އެ ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.

އަދި ރެސިޑެންޝަލް ކަސްޓަމަރުންނަށް ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފްސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށްފަހު "ވިއު ބިލްސް" ސެކްޝަނަށް ދިޔުމުން ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭގެ އިތުރުން އާ އަޕްޑޭޓާއެކު ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެއެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަންއަސް ފިއްތާލައިގެން ކެންސަލް ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށް ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު