މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވް އިން އަނެއްކާވެސް މާލޭގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. މިއީ އެ ކުންފުނިން މާލޭގައި ހުޅުވި 13 ވަނަ އައުޓްލެޓެވެ.

ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލް ރެޑްވޭވްގެ ގިނަ ފިހާރަތަކެއް މާލެ އާއި ހުޅުމާލޭގައި ހުރެއެވެ. އެއީ މާލޭގައި ޖުމްލަ 11 ފިހާރަ އާއި ހުޅުމާލޭގައި ހުންނަ "ރެޑްވޭވް މެގަ މޯލް" އަދި ސުޕަމާކެޓެވެ.

ރެޑްވޭވްގެ އާ ފިހާރަ ރެޑްވޭވް ސަލީމް ހުޅުއްވައި ދެއްވަނީ. -- ވަގުތު އިމޭޖެސް: އަޙްމަދު މަމްދޫޙް

ހެންވޭރުގައި ހުންނަ އެސްޓީއޯ ބޭސް ފިހާރަ ކުރިމަތީގައި އަލަށް ހުޅުވި "ރެޑްވޭވް އެކްސްޕްރެސް" ގައި ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ. މި ފިހާރަ ހުޅުއްވައި ދެއްވީ ރެޑްވޭވްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.

މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ހެޔޮ އަގުގައި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޒަރޫރީ ބާވަތެއްގެ ތަކެތި ވިއްކައެވެ. ސަލީމް ވެސް ވިދާޅުވީ އެ ހުރިހާ ތަކެއްޗެއް އަގުހެޔޮކޮށް ލިބޭނީ ރެޑްވޭވްގެ ފިހާރަތަކުން ކަމަށެވެ.

ރެޑްވޭވް ސަލީމް ވާހަކަ ދައްކަވަނީ.. -- ވަގުތު އިމޭޖެސް: އަޙްމަދު މަމްދޫޙް

"ޖީއެސްޓީވެސް ބޮޑުވެގެން އެ ދިޔައީ. އެކަމަކު، ރެޑްވޭވްގެ އަގުތައް އެހެން ހުރިހާ ތަނަކަށްވުރެ ހެޔޮވާނެ. ވަރަށް ބޮޑުތަނުން އަގު ހެޔޮ އެއްޗެހިވެސް ހުންނާނެ." ސަލީމް ވިދާޅުވިއެވެ.

ޖީއެސްޓީގެ ސަބަބުން ބާޒާރުގައި އުފުލިފައިވާ ތަކެތީގެ އަގުތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ހެޔޮ އަގެއްގައި މުދާ އެތެރެކޮށް ހިލޭ ގުދަނެއްގައި މުދާ ބަހައްޓަމުންދާ ދައުލަތުގެ ކުންފުނި އެސްޓީއޯގެ ބައެއް ސާމާނުތަކަށްވުރެ ރެޑްވޭވްގައި އަގު ހެޔޮވާނެ ކަމަށެވެ.

ރެޑްވޭވްގެ އާ ފިހާރަ. -- ވަގުތު އިމޭޖެސް: އަޙްމަދު މަމްދޫޙް

"މިސާލަކަށް މައިލޯ 1.5 ދަޅެއްގެ އަގަކީ 255ރ. އަޅުގަނޑުމެން މި ވިއްކަނީ 205ރ. އަށް. އަޅުގަނޑުމެން މި ބަލަނީ އެއް އަގެއްގައި ހާއްސަކޮށް ކާބޯތަކެތީގެ އަގު އެއް އަގެއްގައި ހިފެހެއްޓޭތޯ. އަޅުގަނޑުމެންގެ ފައިދާ ކުޑަކޮށްފައި ވިޔަސް، ރައްޔިތުންނަށް ހިދުމަތް ކުރެވޭތޯ އަޅުގަނޑުގެ މައިގަނޑު މަސައްކަތަކީ،" ޖީއެސްޓީ އަށް އައި ބަދަލުތައް ރެޑްވޭވްގެ އައުޓްލެޓްތަކުން އެހާ ބޮޑަށް ނުފެންނާނެ ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވިއެވެ.

އަދި ކުރިއަށް ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮ ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ރެޑްވޭވްގެ އާ ފިހާރަ. -- ވަގުތު އިމޭޖެސް: އަޙްމަދު މަމްދޫޙް

ރެޑްވޭވް އިން އަލަށް ހުޅުވި ފިހާރައިގެ ތިރީ ބައި ހާއްސަކޮށްފައި ވަނީ ކާބޯތަކެތި ވިއްކުމަށެވެ. އެއް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަދިގެ އަދި ގެއަށް ބޭނުންވާ ސާމާނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ ހެދުން ވިއްކުމަށެވެ.

ރެޑްވޭވްއިން ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަންއެއް ބާއްވަން އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. އެ ކުންފުނިން ކޮންމެ އަހަރަކު ހެން ރޯދައާ ދިމާކޮށް އަގުބޮޑު އިނާމްތައް ލިބޭ ޕްރޮމޯޝަންތައް ބާއްވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓ

    ސާބަހޭ ސަލީމް ..

    26
    2
  2. ހަސަނު

    ރައްޔިތުންނަށް ހެޔޮއަވުގަ ކަމެއް ކޮއްދެންޏާ ޝުކުރިއްޔާ ސަލީމް .ޝުކުރިއްޔާ ތިވަރެއް ހަަމަނެތޭ...

    26
  3. ހަސަނު

    ސަލީމުގެ ވިޔަފާރީގައި ބަރަކާތް ލައްވައި ސަލީމަށް ދިގު އުމުރެއް މިންވަރުކުރެއްވުންއެދި ﷲ ގެ ހަޡްރަތުގައި ދުޢާދަންނަވަން. ސަލީމު ނޫނިއްޔާ ރައްޔިތުންކަން ވިޔަފާރިކުރަނީ ދަންނަ މީހަކު ނެތް.
    ދެން މިތިބެނީ ރައްތިތުން ފެލައިލައިގެން ވިޔަފަރިކުރާމީހުން. އެއިން މީހެއްގެ ފިހާރައިގަ ހުންން އެއްވެސް މުދަލެއްގަ އަގެއްވެސްނުޖަހާނެ. ހިފަގެން ކައުންޓަރަށް ގޮސް ބިލްހެދީމަ އެގޭނީ ލިބޭވަރުވެސް. މިއީ އެވެރިންގެޙަލަކީ.

    ރެޑްވޭވެ ބާރަށް ކުރިޔަށް. ރެޑްވޭވެ ބާރަށް ކުރިޔަށް.ރެޑްވޭވެ ބާރަށް ކުރިޔަށް.ރެޑްވޭވެ ބާރަށް ކުރިޔަށް.

    13
  4. މުޙައްމަދު ހުސެން

    ފިހާރަ ވަރަށް ސަޅި ވަރަށް ފުރިހަމަ އަގުތަށް ހަބޭސް ހެދުން ތަކުގެ އަގުތަށްވެސް ވަރަށް ހެޔޮ މިހާރު ރެޑްވޭވް އިން ވިޔަފާރި ކޮއްލާހިށްވޭ އެހެރަ ފްރެޝް ތަރުކާރީއާ މޭވާތަކެއްވެސް، އަދި އޭގަ ލިޔެފަހުރި ލިޔުން ތަށް ވަރަށް އިންފޮމޭޓިވް. ރެކް ތަކުގަ އަގުޖަހާލާފަ ހުރީމަވަރަށް ފަސޭހަ، ރެޑްވޭވް ހުރިހާ ފިހާރަތަކެއް ވެސް މިހެން ވެއްޖެއްޔާ ވަރަށް ސަޅި ވާނެ. ރެޑްވޭވް ބާރަށް ކުރިޔަށް. ސަލީމަށް ހެޔޮދުއާ ރައްޔިތުންނަށް ތިކޮށްދޭ ހިދުމަތަށް، ސަލީމް ފަދަ ހެޔޮ ދަރިން މިގައުމުގަ ގިނަކުރަށްވާދޭވެ.