ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޓަރނެޓްގެ ޚިދުމަތް ދެމުން އަންނަ ސެޓްލިންކުން އެ ކުންފުނީގެ ފައިބަރ ބޮރޯޑްބޭންޑްގެ ޚިދުމަތް ދ .ހުޅުދެލީގައި ދޭން ފަށައިފިއެވެ.

ސެޓްލިންކް އިން ބުނީ ހުޅުދެލީގައި އަލަށް ފައިބަރ ބްރޯޑްބޭންޑް ދޭން ފެށުމުގެ ގޮތުން ޕޮރޮމޯޝަނެއް ފަށައިފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން މާޗު މަހުގެ ނިޔަލަށް ޚިދުމަތް ގުޅާ ފަރާތްތަކަށް ފައިބަރ ކަނެކްޝަން ހިލޭ ގުޅައިދެވޭނެ ކަމަށް ސެޓްލިންކް އިން މައުލޫމާތު ދެއެވެ.

ސެޓްލިންކް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ސްޕީޑް ރަނގަޅު، ގިނަ އެލަވަންސް ލިބޭ އަދި އެންމެ މަތީ ތްރޮޓްލް ސްޕީޑް ޚިދުމަތްކަން ފާހަގަކޮށްލެވެއެވެ.