ރޯދައަށް ހާއްސަކޮށް، އެލް މޯބައިލްގެ ފިހާރަތަކުންނާއި، އެލް ޒޯން ފިހާރައިން ހާއްސަ ޑިސްކައުންޓްތައް ލިބޭ ރޯދަ ސޭލް ފަށައިފިއެވެ.

އެލް މޯބައިލް އާއި އެލް ޒޯންތަކުގައި ހާއްސަ ރޯދަ ސޭލްއެއް ފެެށިއިރު، މި ސޭލްގެ ދަށުން ރޯދަ މަހަށް ބޭނުން ކުރާ ޕްރޮޑަކްޓްތަކާއި، ހާއްސަ ގޭމިންގ ޕްރޮޑަކްޓްތައް ޑިސްކައުންޓް އަގުގައި ލިބޭނެއެވެ.

އެގޮތުން ޕީއެސްއިން ބޮޑެތި ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ އިރު، ގޭމިންގ ޕްރޮޑަކްޓްތަކާއި، ލެޕްޓޮޕްތަކުން %15 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އަދި ހުޅުމާލޭގައި ހިންގާ އެލް މޯބައިލް 3 އަދި އެލްމޯބައިލް 2+ގައި ވިއްކާ ޓީވީ، އާއި ޖީޕާސް ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ އެއާ ފްރަޔާސް އާއި ދޮންނަ މެޝިނާއި، ސްޕީކަރާއި މޯބައިލް ފޯނުތައް މި ސޭލްގެ ދަށުން ހެޔޮ އަގެއްގައި ލިބޭނެއެވެ.

އޭގެ އިތުރުން، މި އަހަރު ނެރުނު ސެމްސަންގގެ އެސް 23 އާއި އެސް 22 ވެސް ރޯދަ ސޭލްގެ ދަށުން ހެޔޮ އަގެއްގައި ލިބޭނެއެވެ. އަދި އެޕްލަ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޑްސް އާއި އެއާޕޯޑްސް ޕްރޯ އާއި އައިވޮޗް 8 ސީރީސް އާއި އެޕަލް ވޮޗް އަލްޓްރާވެސް ރޯދަ ސޭލްގައި ހިމެނޭއިރު، ހެޔޮ އަގެއްގައި ލިބެއެވެ.

 

View this post on Instagram

 

A post shared by eLL Mobile (@ellmobile)

އެލް މޯބައިލް އާއި އެލް ޒޯންގެ ފިހާރަތަކަކީ އޮރިޖިނަލް ޕްރޮޑަކްޓްތައް ރަނގަޅު އަގެއްގައި ފޯރުކޮށްދެމުންދާ، އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ފިހާރަތަކެވެ.