ރޯދަ މަހަާއި ދިމާކޮށް ބާޒާރުގައި ކާށީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ރާއްޖެއަށް ކާށި ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާޒާރުގަ ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މި މަހު 27 ގައި ރާއްޖެ ވަންނާނެ ކަމަށެވެ.

މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން އެސްޓީއޯއިން ކުރަމުންދާ ކަމަށް އަމްރު ވިދާޅުވި އެވެ.

މާލޭގެ ބާޒާރުގައި ކުޑަ ކާއްޓެއް މިހާރު ވިއްކަމުން ދަނީ 12-10 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި ބޮޑު ކާޓެއްގެ އަގު ވަނީ 20-30 ރުފިޔާ އާ ދެމެދުގެ އަގަކަށް އުފުލިފައެވެ.

ކުރިން ބާޒާރުން ކުޑަ ކާއްޓެއްގެ އަގު އުޅެނީ 3-4 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި ބޮޑު ކާއްޓެއް 8-10 ރުފިޔާ އާ ދެމެދުގެ އަގެއްގައި ލިބެއެވެ.

ރޯދައާއި ދިމާކޮށް ބާޒާރުގައި ކާށީގެ އަގު ބޮޑުވެފައިވާތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޑި

    ސާބަސް ސާބަސް. އިންޑިއާ ކާށިތަ ލަންކާ ކާށިތަ؟ ހަމަ އަހާލީ.

    10
  2. ރަކަރަކަ

    ކޮބާ ކޮޗިންފެރީގަ އިންޑިއާއަށް ކާށި އެކްސްޕޯޓުކުރި މެމްބަރު ރާއީ؟؟ މަކުނުދޫދާއިރާ އިއްޒަތުންފުރިގެންވި މެމްބަރު ކައިރީ އަޅެ ކުއްޖަކު އަހާލަދީބަލަ ކާށި ކޮބައިތޯ! ކާށި!

  3. Ahmed

    ވަރަށް ރަގަޅުކަމެއް

  4. މީނާޒް މަބްރޫކް

    ސާބަސް ކުދިންނޭ ސާބަސް. އިބްރާޙިމް މުޙައްމަދު ސާލިހަށް އައްސަރިބަހާއި ސާބަސް ރައްދު ކޮށްދެން.

    1
    2
  5. މުދި

    އެސް ޓީ އޯ އިން މާލޭގެ ރެންޓް ކޮންޓްރޯލް ކޮށް ބަލަ