ރާއްޖޭގެ ލީޑިންގް އިންސުއަރެންސް ކުންފުނިކަމަށްވާ އެލައިޑުން މާލޭގެ ތިން ސުކޫލަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެލައިޑްގެ އަހަރީ ދުވަހުގައި ތައާރަފް ކުރެވުނު "ޕްރިމިއަމް ފޯރ ގުޑް" ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޖަމާލުއްދީން ސުކޫލާއި އިމާދުއްދީން ސުކޫލުގެ އިތުރުން ޤިޔާސުއްދީން ސުކޫލަށެވެ.

އެލައިޑުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ލިޔުންތައް ހަވާލު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސުކޫލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު އެލައިޑްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެލައިޑުން އަލަށް ތައާރަފް ކުރި "ޕްރިމިއަމް ފޯރ ގުޑް" ހަރަކާތާއި ބެހޭގޮތުން ވާހަކަފުޅު ދަށްކަވަމުން އެލައިޑުގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ "ޕްރޮމިއަމް ފޯރ ގުޑް" އަކީ މުޖުތަމައުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް އެކުންފުނިން ކޮށްދޭ މަސައްކަތްތަށް އިތުރަށް ހަރުދަނާކުރުމަށް ފެށި ހަރަކާތެއް ކަމަށެވެ.

އަދި "ޕްރިމިއަމް ފޯރ ގުޑް" ބިނާވެފައިވާނީ ޔޫ.އެން އިން ކަނޑައަޅައިފައިވާ 2030 ގެ ތަސައްވަރުގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެންވަރު ރަނގަޅު ތައުލީމާއި ދެ ޖިންސުގެ ދެމެދުގައި އޮންނަންވާ ހަމަހަމަކަމުގެ މަށްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއުޝާދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މިއީ އަޅުގަނޑުމެންގެ ފަރާތުން މުޖުތަމައުގެ ލާބައާއި މަންފާއަށް ކޮށްދޭ މަސައްކަތްތަށް އިތުރަށް ހަރުދަނާ ކުރުމަށް ފެށި ހަރަކާތެއް. އަޅުގަނޑުމެންގެ މި ހަރަކާތް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނާނީ ދެ އަސާސެއްގެ މަށްޗަށް. އެއީ ޔޫއެންއިން ކަނޑައަޅައިފައިވާ 2030 ގެ ތަސައްވަރުގައި ހިމެނޭ ކޮލެޓީ އެޑިޔުކޭޝަން އާއި ޖެންޑަރ އިކުއަލިޓީ" ނިއުޝާދު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި "ޕްރިމިއަމް ފޯރ ގުޑް" ގެ މަސައްކަތް ހަރުދަނާކަމާއި އެކު ފެނިގެންދާނެ ކަމަށާއި މުޖުތަމައަށް ފައިދާވާ އަދި އެކަމެއްގެ ސަބަބުން ފަހުން ފައިދާ ކުރާ ކަންކަމުގައި އެލައިޑުން އަބަދުވެސް ބައިވެރިވާނެ ކަމުގައި ނިއުޝާދު ވިދާޅުވިއެވެ.

އެލައިޑުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ލިޔުންތައް ހަވާލު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި މިއަދު ހަވާލުކުރެވުނު އެހީތަކުގެ ސަބަބުން ސުކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ހަރުދަނާވެ ދަރިވަރުންނަށް ޒަމާނީ ތައުލީމީ ވަސީލަތްތަކާއި އެކު ކިޔަވާދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމުގައި ވެސް ނިއުޝާދު ވިދާޅުވިއެވެ.

މިއަދު އެލައިޑުން ސުކޫލުތަކަށް ފޯރުކޮށްދިންކަމުގެ ލިޔުން ސުކޫލަތާކައި ހަވާލުކޮށްފައިވާއިރު އެ ލިޔުން ސުކޫލުތަކާއި ހަވާލުކުރެއްވީ އެލައިޑުގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފެވެ. އެލައިޑުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އިމާދުއްދީން ސުކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް އަށާއި ޖަމާލުއްދީން ސުކޫލުގެ ޑިޖިޓަލައިޒޭޝަން ޕްެރޮގްރާމް އާއި ޤިޔާސުއްދީން ސުކޫލުގެ ރާސްބެރީ ފައި އެކްސްޓެންޝަން ޕްރޮޖެކްޓަށެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ މާލެ އެލައިޑް އިންޝޫރެންސް ...... އޭ ކިޔާ ބައެއް. ރާއްޖެރެމަތިން ހަދާން ނުވަނީކަން ނޭގެ!