އައްޑޫ ސިޓީ ހިތަދޫގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ނެސޯ ހޯމްއިން މަގުމަތީ ބާޒާރެއް މާދަމާ ރޭ ފަށަން ތައްޔާރުވެއްޖެއެވެ.

މާދަމާ ރޭ 20:30 ގައި މި މަގުމަތީ ބާޒާރު ފަށާއިރު، ކުރިއަށް އޮތް އީދު ދުވަހާއި ހަމައަށް މި ބާޒާރު ކުރިއަށް ދާނެއެވެ. މަގުމަތީ ބާޒާރު ކުރިއަށްދާނީ މި ދުވަސްތަކުގެ ރޭގަނޑު 20:30 އިން 23:00 އަށެވެ.

މަގުމަތީ ބާޒާރު ކުރިއަށް ދާނީ، ހިތަދޫ ލިންކް ރޯޑްގައި ހުންނަ ނެސޯ ހޯމް ކުރީމަތީގައެވެ.

ނެސޯ ހޯމްގެ މަގުމަތީ ބާޒާރު މިރޭ ފަށަނީ

ނެސޯއިން މައުލޫމާތު ދޭ ގޮތުގައި މި މަގުމަތީ ބާޒާރުގައި ކުޑަކުދިންގެ އަންނައުނާއި، އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ޖީންސާއި، ޓީޝާޓް އަދި ހެދުމާއި، ޖާޒީ ފަދަ އަންނައުނު ހެޔޮ އަގެއްގައި ލިބިގެން ދާނެއެވެ.

މީގެ އިތުުރުން ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ހެޔޮ އަގެއްގައި ލިބިގެން ދާނެ ކަމަށް ނެސޯއިން މައުލޫމާތު ދެއެވެ.

ނެސޯ ހޯމްއަކީ ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް، އަގުހެޔޮކޮށް އެއްތަނަކުން ލިބެން ހުންނަ ބޮޑު ފިހާރައެކެވެ. އެތަނުން ތަފާތު އެކި ވައްތަރުގެ، އަދި އެކި ބްރޭންޑްތަކުގެ އޭސީ، ޓީވީ ދޮންނަ މެޝިން، ފްރިޒާ ފަދަ ތަކެތި ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.