އައްޑޫ ސިޓީ ހިތަދޫގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ނެސޯ ހޯމްއިން އާ އަހަރާއި ދިމާކޮށް ހާއްސަ ސޭލްއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

26 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން ފަށައިގެން ކުރިޔަށްދާ މިސޭލް މި ހިނގާ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާނެއެވެ.

ނެސޯ ހޯމް އިން ލިބެން ހުންނަ ބައެއް ތަކެތިި

މި ސޭލް ކުރިއަށް ދާނީ، ހިތަދޫ ބޮޑު މަގުގައި ހުންނަ ނެސޯ ސްޓޯރ ކުރީމަތީގައެވެ.

ނެސޯ ސްޓޯރރުން ބުނީ، 26 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 10 ދުވަހުގެ ނިޔަލަށް މިސޭލް ކުރިއަށްދާނެ ކަމަށާއި، މި ސޭލް ކުރިއަށްދާނީ މި ދުވަސްތަކުގައި ކޮންމެ ރެއަކު 20:00 އިން 22:00 އަށް ކަމަށެވެ.

ނެސޯއަކީ އައްޑޫގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ބައެއް

އަދި މި ސޭލްގައި އެ ފިހާރައިން ވިއްކާ ބައެއް ސާމާނުތަކުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ނެސޯ ހޯމް އިން ބުންޏެވެ.

ނެސޯ ހޯމްގައި ގަސް އިންދުމަށް ބޭނުންވާ ސާމާނުތައްވެސް ހުންނާނެ

ނެސޯ ހޯމް އިން ބުނީ، މި ސޭލްގައި އަގުހެޔޮކޮށް ލިބެން ހުންނަތަކެތީގެ ތެރޭގައި އެކުއޭރިއަމް ޓޭންކުގެ އެކި ސައިޒާއި، ޓޭންކަށް ބޭނުންވާ ހުރިހާ ސާމާނާއި، ގަސް ހައްދަން ބޭނުން ކުރާ ވަށި، ގަސްކާނާ، ޓޫލްސް އަދި ތަފާތު ވައްތަރުގެ ކޮލެޓީ ޖާޒީ އާއި އަދިވެސް އެ ނޫންވެސް މުދާ ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ނެސޯ ހޯމްއަކީ ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް، އަގުހެޔޮކޮށް އެއްތަނަކުން ލިބެން ހުންނަ ބޮޑު ފިހާރައެކެވެ. އެތަނުން ތަފާތު އެކި ވައްތަރުގެ، އަދި އެކި ބްރޭންޑްތަކުގެ އޭސީ، ޓީވީ ދޮންނަ މެޝިން، ފްރިޒާ ފަދަ ތަކެތި ހެޔޮ އަގެއްްގައި ލިބެން ހުންނާނެ އެވެ.