ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކަން ކުރަމުން ގެންދިޔަ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.
އެ ކޮމިޝަނުން ވަނީ ތަހުގީގެއް ހިނގަމުން އަންނާތީ ފަޅު ވިއްކުން ހުއްޓުވާފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް މައްސަލައިގެ އެއްވެސް ތަފްސީލެއް ނުދެއެވެ.
އެހެންކަމުން ފަޅު ވިއްކުން އޭސީސީ އިން ހުއްޓުވީ ކޮން ތުހުމަތުތަކެއް ކުރެވިގެން ކަމެއް ކަށަވަރެއް ނުވެއެވެ.
ވާވެއްދިފަޅު ވިއްކުން އޭސީސީ އިން ހުއްޓުވާފައިވާކަން ކަށަވަރުމިވީ ގާސިމްގެ ވިޔަފާރިއަށް މިސަރުކާރުން ވެސް ހުރަސްތައް ކުރިމަތި ކުރާކަމަށް އޭނާ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
ހުކުރު ދުވަހު ގާސިމް ވިދާޅުވީ އޭނާގެ ވިޔަފާރި އަށް މި ސަރުކާރުން ވެސް "އަތްބާނަން ފައްޓަވައިފި" ކަމަށެވެ.
ގާސިމް ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ.
މީގެ ކުރިން ވެސް ވާވެއްދިފަޅާއި ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރިއެވެ. ނަމަވެސް އެފަހަރު ވަނީ މައްސަލަ ފައިލްކޮށްފައި ވެއެވެ.
ވާވެއްދިފަޅަކީ ރިސޯޓް ތަރައްގީ ކުރަން ވިލާ އަށް ކުއްޔަށް ދީފައިވާ ރަށްތަކާއި ފަޅުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގައި އަތުލި ތަންތަނުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ރަށްތަކުގެ ތެރޭގައި ކ.ބޮލިދިއްފަރާއި ރ.މާނެންފުއްޓާއި ގދ.ގަޒީރާ އާއި ކ.މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.
ވާވެއްދިފަޅު ވިލާއަށް އަލުން ލިބުނީ މިސަރުކާރު ވެރިކަމަށް އައިފަހުން ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އޭސީސީ އަކީ މިނިވަން މުއައްސަސާއެއް ނަމަވެސް މިސަރުކާރު އައިފަހުން ދެވަނަ ފަހަރަށް އެކުލަވާލާފައިވާ މިހާރުގެ އޭސީސީގެ މެންބަރުންގެ ތެރޭގައި މިސަރުކާރުގެ ކޮމެޓީތަކުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ އެކި ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތްތައް މިހާރު އެބަތިބި ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރިސޯޓުހަދަން ފަޅުތައްނަގާފަ ބޮޑުއަގުގަ ފަޅުތައްވިއްކިގެންނުވާނެ ރިސޯޓުނެހެދޭނަމަ ފަޅުޖެހޭނީސަރިކާރާ ހަވާލުކުރަން ފަޅެއްވިއަސް ރަށެއްވިއަސް ރިސޯޓުނުހެދޭނަމަ ސަރުކާރާހަވާލުކުރަންޖެހޭނީ ވިއްކާލުމުގެފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެންނުވާނެ
މި ގާސިމްއަށް ހަމަ އެކަނި ބޭނުންވާނީ މުދަލާއި ފައިސާ އެއްމެން ލޯލާރިއެއް ގެއްލުނަސް ހީވަނީ ހޭކެޑިގެން އުޅޭހެން..
މި މީހުން އެއްފަހަރުން ދުނިޔެ ކާލަން އުޅޭފަދަ! އަހަރެމެންނަށް އެކައްޗެއްވެސް ނެތް! ދެން މި ބުނަނީ ރައީސަކަށް ވާން ތިމަންނައަށް ވޯޓުދޭށޭ
ދިވެހިންގެ މުދާ ނުވިއްކޭނެ.
ކޮބާ ޤާސިމޫ ރާކަނިމަސްކެވޭތަ އެބަ ޤައުމައްހަދާނެހާއެއްޗެއްހަދަން ދޫކޮއްލައިގެންހުރީމަ މޮޅުތަކެއްވެއްޖެ އަދި ކުޑަގޮޅިއއްވެސްލާނެ
ކެމްޕޭނަށް ފައިސާ ހޯދިފަ އޮންނާނި.
ފަޅު ވިއްކިންނުވާނެ އެކަން ހުއްޓުވަންޖެހޭނެ އަހަންނަށްވެސް ރަށެއް ދޭންވީނުން އޭރު އެހެން މީހަކަށަ ވިއްކާފަ މުއްސަދި ޥީމަ ނިމުނީއެއްނޫން