ރަށްފުށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދަތުރު ފަތުރުގެ ނިޒާމެއް ބޭނުންވާ ކަމަށާއި ދެކުނު އަދި އުތުރުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ އެކަމުގެ ބޭނުމުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޑރ. މައުސޫމް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރަން ފެށި އާރްޓީއެލްގެ ސަބަބުން ބޮޑު އެސިނާއަތަށް ބޮޑު އިންގިލާބެއް އައިސްފައިވާ ކަމަށެވެ.

އަދި ވައިގެ މަގުން ދަތުރުކުރުމަށްޓަކައި ސަރަހައްދީ އެއާޕޯޓުތައް، އެކި ރަށްރަށުގައި ހަދަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވައިގެ މަގުން ދަތުރުކުރުމަށްޓަކައި ސަރަހައްދީ އެއާޕޯޓުތައް، ރަށްރަށުގެ އެކި އެއާޕޯޓުތައް ހަދަމުން. ސަރުކާރުގެ އެއް އަމާޒަކީ ގިނަވެގެން 30 މިނެޓުން މީހުން އެ ރަށަކުން ފުރައިގެން އެއަރޕޯޓަކަށް ދެވޭ ގޮތަކަށް. އެ ހުރިހާ އެއްޗެއް ގުޅުވާލީމާ މި ޓޫރިޒަމް ފަހިވަނީ،". ޑރ. މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމަށް ދޫކޮށްފައި މިހާރު ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ތަރައްގީކުރަން އިންވެސްޓަރުން ލިބެން ހުރީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރެވިގެން ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ތިލަދުންމަތިން އެންމެފަހުން ބިޑަށްލީ ރަށްތައް އެތަނުގައި ހަނިމާދޫ އެއާޕޯޓް ހަދަން އެޅުމުގެ މަސައްކަތްތައް ފެށުމާއި ގުޅިގެން އެންމެ ވިޔަފާރި ފައިދާއަށް އޮތްތަން ރަނގަޅު އަގެއްގައި ބަޔަކު ނަގާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން މިހާރު ނުހެދި ހުރި އެއާރޕޯޓުތައް ހެދުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    ހެލޯ ޕައުންޑޭ!!!!! ކޮންިރަކުންތޯ އައްޑޫކުދިންގެ ޖީބުތަކަށް ޕްއުންޑު އަޅަންފެށޭނީ؟

  2. ދަރަނި ދަންތުރަ

    މައުސޫމޫ ލކޮބައިތޯ ރިހާކުރު އައިލެންޑު ، ޖަޒީރާ ވަންތަ ޕައުންޑް މައުސޫމް ކަލޭމެންތީ ހާދަ ހަޔާތް ކުޑަ ވަގުން ތަކެކޭދޯ