ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ފުރަތަމަ މަރުހަލާގެ 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ތިން ބޭންކަކުން ބައިވެރިވެއްޖެ އެވެ.
އެ ހިދުމަތުގައި ބައިވެރިވީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް، އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.
އެމްއެމްއޭ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
މި އެގްރީމެންޓަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްގުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެގްރީމެންޓެކެވެ.
'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރި ބޭންކުތަކާ އެމްއެމްއޭ އިން ވަނީ ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް ނިންމާފައެވެ. ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ޕައިލެޓް ޓެސްޓިން އަށް ފަހު މި ބޭންކްތަކާއިއެކު ވަރަށް އަވަސް މުސްތަގުބަލެއްގައި، އައިޕީއެސްގެ ހިދުމަތްތައް އާންމުންނަށް ތައާރަފްކުރުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް މިހާރުދަނީ ވަމުންނެވެ.
މިއަދު އެގްރީމެންޓްގައި 3 ބޭންކަކާއެކު ސޮއިކުރެވުނު ކަމުގައި ވީ ނަމަވެސް، ބޭންކްތަކުން ތައްޔާރުވަމުންދާ މިންވަރަށް ބަލާ، އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެމްއެމްއޭއިން ބުނެއެވެ،
ޕޭޕާލް އިން ރާއްޖެ އަށް ފައިސާ ލިބޭގޮތައް ނުހެދުނު ބައެއް
ތީގެން އާންމުންނަށް ލިބޭ ފަސޭހަ އަކީ ކޮބާތޯ؟ ރާއްޖެއިންބޭ ރަށްޑޮލަރު ފޮނުވޭތޯ
އިންޑިއާ ބޭންކުން ތިކަމެއް ނުކުރާނެ
ޚޮއްމެވެސް ބަހަނާއެއް ދެއްކުމަށް ފަހު ވަކިވާނެ