ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާއެޑް-އޮން" އެންމެ 99 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ފައިބަރ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ
ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ

މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ 20 ޖުލައި އިން ފެށިގެން 31 ޖުލައި 2023 ގެނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށްUNLޖެހުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    ރައްޔިތުން ސަމާލުވޭ. މިނިވަން ދުވަހުގެ ނަމުގައި ބޮޑު ކުންފުންޏަކުން،ސްކޭމް ހިންގަން ތައްޔާރު ވެއްޖެ.

  2. ޖަޑިބު

    ކޮން ބައެއްގެ މިނިވަން ދުވަހެއް؟ ރާއްޖެއަކީ މިނިވަން ދުވަސް ފާހަގަ ކުރަން ކޮލިފައިވާ ބައެއް ނޫން.